ކުރަންބޭނުންވާ އެއްވެސް ކަމެއް ކާމިޔާބުނުކުރެވި ހިތާމައިގަ ހުންނަންޖެހޭނަމަ މިޙަދީޘްފުޅަށް ވިސްނައިލުން ބުއްދިވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުރަންބޭނުންވާ އެއްވެސް ކަމެއް ކާމިޔާބުނުކުރެވި ހިތާމައިގަ ހުންނަންޖެހޭނަމަ މިޙަދީޘްފުޅަށް ވިސްނައިލުން ބުއްދިވެރި!

ތިމާއަށް ކިތަންމެވެސް ދެރަކަމެއް ލިބުމަށް އެދޭ ހަމައެކަކުވެސް ނެތެވެ. އެކަމަކު އެހެން މީހަކަށް ކިތަންމެ ބޮޑު ދެރައެއްދޭންވެސް ޖެހިލުންވާ މީހަކު ނެތެވެ. މިއަދު ގިނަބައަކަށް ކުރަންޖެހިފައިވާ ހިތާމަތައް ގިނަވެގެން ކަންބޮޑުވާއިރު މިޙަދީޘްފުޅަށް ވިސްނައިލެވޭބާވައެވެ!  

އެއްވެސް މީހަކަށް އަނިޔާއަކަށްވެދާނެ އެއްވެސް ކަމެއް ނުކުރަން ރަސޫލް () ބާރު އެޅުއްވެވި މިންވަރު ނިކަން ދެކިބަލާށެވެ. މުޢާޛް ބިން ޛަބަލް (ރޢ) ޔަމަނަށް ފޮނުއްވަވަމުން ހަދީޘްފުޅު ކުރެއްވެވިއެވެ. 

Ibn 'Abbas (RA) narrated: 

"The Messenger of Allah sent Mu'adh [bin Jabal] to Yemen, and said: 'Beware of the supplication of the oppressed; for indeed there is no barrier between it and Allah.'

" [Jami` at-Tirmidhi] 

މި ޙަދީޘްފުޅުގައި އެވަނީ އަނިޔާ ލިބިގެންވާ މީހުންގެ ދުޢާއަށް ސަމާލުކަން ދެއްވަވަން ވަޞިއްޔަތް ކުރައްވައިފައެވެ. އަދި އެއީ ކީއްވެގެންކަންވެސް ބަޔާން ކުރައްވަވައިފައެވެ. އެސަބަބަކީ އަނިޔާ ލިބެމުންދާ މީހާގެ ދުޢާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނުއޮންނާނެތީއެވެ.  

ނަމަވެސް މިއަދު މި ޙަދީޘްފުޅަށް ވިސްނައި ޢަމަލުކުރުމުގައި މީސްތަކުން މިދަނީ ފޭލްވަމުންނެވެ. އެމީހާ އެންމެ ބޮޑަށް ލޯބިވާންޖެހޭ ބައިވެރިޔާއަށް އަނިޔާވެރިވަނީއެވެ. ވެރިކަމުގެ ބާރު ދެއްވަވައިފިނަމަ ރައްޔިތުންނަށް އަނިޔާވެރިވަނީއެވެ.  

އެއްވެސް ޙައިޞިއްޔަތެއް ލިބި ބާރުވެރިކަމެއް ލިބުމުން ހަމަޖެހިލައިގެން އުފާވެރިކަންމަތީގައި ވެރިކަންކުރެވެނީ ވަރަށް ކުޑަދުވަސްކޮޅަކުއެވެ. ދެން ތަފާތު މައްސަލަތައް ކުރިމަތިވާން ފަށައެވެ. ކައިވެނިކުރުމަށްފަހު އުފަލުގައި ހޭދަކުރެވެނީ މަދު ދުވަސްކޮޅެކެވެ. މައްސަލަތައް ޖެހެން ފަށައެވެ.  

އެފަދަ ޙާލުގައި އެންމެ ފަހަރަކުވެސް މިޙަދީޘްފުޅު ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ. ތިމާގެ ކިބައިން ބައިވެރިޔާއަށް ނުވަތަ އެއްވެސް އަނިޔާއެއް ލިބެމުން ނުދާކަން ނިކަން ކަށަވަރުކޮށްބަލާށެވެ! ހެޔޮ ބަދަލުތައް ފެނިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

_________________________________________________

މިއަދު އޮންލައިން