ބާޒާރަށް ދާހިތްވުމަކީ ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބާޒާރަށް ދާހިތްވުމަކީ ބިރުހުރިކަމެއް!

ގަންނަޖެހޭ ތަކެތި ގަތުމަށް ބާޒާރަށް ދިއުން ރަނގަޅީ އަމިއްލައަށެވެ. ބޭނުންވާ ތަކެތި އިޚްތިޔާރުކުރަން އެނގުމުގެ އިތުރަށް ހެޔޮ އަގުގައި ތަކެތި ގަނެވޭނީވެސް އަމިއްލައަށް ގޮސްގެން ކަމަށްވާތީއެވެ. ބަހެއް ބުނެލަން މިއުޅެނީ އެއްޗެއް ގަންނަން ބޭނުން ނުވިނަމަވެސް ބާޒާރަށް ގޮސްލަން ބޭނުންވާ މީހުން އުޅޭތީއެވެ. ބާޒާރަށް ހިނގައްޖެނަމަ އެނބުރިގެއަށްދާން ހަނދާންނެތޭ މީހުންވެސް އުޅޭތީއެވެ.   

އަހަރެމެން އެންމެ ބޮޑަށް އެތަނަކަށް ނުދާން މަސައްކަތްކުރަންވީ ތަނަކީ ބާޒާރުތަކެވެ. އެއީ އެތަނުގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަންކުރުން ގިނަކަމުންނެވެ. ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވައިލުމާއި ދޮގުހުވާތައް ކުރުންފަދަ އެތައް ކަމެކެވެ.  

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

“The most beloved of places to Allah are the mosques, and the most hated of places to Allah are the markets.”

Source: Ṣaḥīḥ Muslim 671

Grade: Sahih (authentic) according to Muslim  

މި ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގެން އޮތް ގޮތުގައި ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ތަނަކީ ބާޒާރުތަކެވެ. ނަމަވެސް މީސްތަކުން މިހާރު އެންމެ ބޮޑަށް ޝައުޤުވެރިވަނީ ބާޒާރުތަކަށް ދިއުމަށެވެ. ބާޒާރުތަކުގައި ވީހާ ގިނަ ވަގުތު ހޭދަކުރުމަށެވެ.

ހަމަ އެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުތަނަކީ، ނުވަތަ އެންމެ ރުހިވޮޑިގަންނަވާތަނަކީ މިސްކިތެވެ! މީސްތަކުން އެންމެ ބޮޑަށް ދާން ބޭނުންނުވާތަނަކީ މިސްކިތް ކަމަށް މިވަނީވެފައެވެ.  

މީސްތަކުންނޭވެ! މިކަން ބަދަލުކުރަން އެބަޖެހެއެވެ. ދާންޖެހިގެން ބާޒާރަށް ދިއަނަމަވެސް ދިއަ ބޭނުން ވީހާއަވަހަކަށް ފުއްދާލައިގެން އެނބުރި އަންނާށެވެ. ފެންނަހައި އެއްޗެއް ބަލަން ވަގުތުތައް ބޭކާރުނުކުރާށެވެ! ވަގުތު ހޭދަމިކުރެވެނީ ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާތަނުގައިކަން ހިތުގަ ބާއްވާށެވެ! 

ބޭނުންވާ އެއްޗެތި ވަރަށް ގިނައިން ފެންނާނެއެވެ. އެއީ ފެންނަ ކޮންމެ އެއްޗެއް ބޭނުންވުމަށް ޝައުޤުވެރިވެވޭތީއެވެ. އެ ވިސްނުމުގައި ހުންނަ މީހަކަށް ބާޒާރުގައި އެތައް ގަޑިއިރެއް ހޭދަކުރަން ލިބުނު ނަމަވެސް އޮންނާނީ ވަގުތު މަދުވެފައެވެ. އަދި މީގެ އިތުރުން ބާޒާރަށް ގިނައިން ދިއުމަކީ ދެވިހިފާ ކަމެކެވެ. ވަގުތު ހޭދަކުރަން ބޭނުންވެސްމެއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ބިރުވެތިވާންޖެހޭނެ ކަންކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން