ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ މަތިވެރިވުން އެދިގެން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ މަތިވެރިވުން އެދިގެން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ބައެއް ކަންކަން!

ކޮނެމެ މީހަކަށްވެސް ލިބޭނެ އެންމެ ފައިދާހުރި ކުރިއެރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިވުމެވެ. ވީމާ މިބުނާ ކަންކަމަށް ސަމާލުކަންދޭށެވެ! 

ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ނުވަތަ ޢާއިލާގެ މީހަކުނަމަވެސް އޭނާގެ އަމިއްލަ ކަންކަން ތިބާއާއި ޙިއްޞާނުކުރާނަމަ އޮޅުންފިލުވަން ސުވާލުނުކުރާށެވެ! އަދި އެއްވެސް މީހެއްގެ އަމިއްލަކަންކަން ހޯދައި އޮޅުންފިލުވަން މަސައްކަތްނުކުރާށެވެ! 

ދަޢުވަތުނުދޭ ޙަފްލާތަކަށް ނުދާށެވެ! ފޯނުކުރީމާ ނުނެގުން ތަކުރާރުވާނަމަ ނުގުޅާށެވެ! ބުނަން ބޭނުންވާ ވާހަކައެއް މެސެޖްކޮށްލާފައި މަޑުން ހުންނާށެވެ! މެސެޖްބަލައި ޖަވާބުނުދޭނަމަ އިތުރަށް މެސެޖްނުކުރާށެވެ. 

ގޭގައި މީހުން އުޅެނިކޮށް ގޮސް ދޮރުގައި ޓަކިޖެހުމުން ނުވަތަ ސަލާމް ގޮވުމުން ޖަވާބު ނުދިންނަމަ ނުވަތަ ދޮރުނުހުޅުވިނަމަ އެނބުރިދާށެވެ. އަދި އެވާހަކަ އިތުރަށް ނުދައްކާށެވެ! 

ބުނަންހެއްޔެވެ؟ މިބުނި މަގުން ކަންކަން ކުރުމަކީ ތިމާ ދެރަވުމެއް ނޫނެވެ. އެއީ މަތިވުމެވެ. މަތިވަނީ ދީނުގައި އޮތް ރިވެތި މަގުން ކަންކަން ކުރުމުގެ ބާރާއި ހިތްވަރު ތިމާއަށް ލިބިގެންދާތީއެވެ. އަދި މިބުނި މަގުން ކަންކަން ކުރުމަކީ ވަރަށް ހިތްވަރުގަދަ މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. 

ޙަދީޘްފުޅުގައި އޮތީ އެމީހަކާއި ނުބެހޭ ކަންކަމާއި ނުބެހި ހުރުމަށެވެ. އެއީ އެމީހާގެ ދީންވެރިކަން މަތިކުރަން ކުރަންޖެހޭ ކަމެކެވެ. ވީމާ އަހުރެމެން އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ކޮންމެ ކަމަކުންވެސް ދީނުގައިވާ މަތީދަރަޖަ ހޯދުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ލިބިގަތުމަށެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން