ފާފަކުރުން ހުއްޓާލުމުގެ ނިޔަތްނެތި ތައުބާވުމަކީ ނުރައްކާކަމެއް! އެއީ ތައުބާވުމަށް ކުރެވޭ ފުރައްސާރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފާފަކުރުން ހުއްޓާލުމުގެ ނިޔަތްނެތި ތައުބާވުމަކީ ނުރައްކާކަމެއް! އެއީ ތައުބާވުމަށް ކުރެވޭ ފުރައްސާރައެއް!

ތައުބާވުމަކީ ކުރެވުނުކަންތައް ދޫކޮށްލުމާއިއެކު އެކަމާއި ހިތާމަކޮށް, މުސްތަގްބަލުގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް ޢަޒުމް ކަނޑައަޅައި ފާފަފުއްސެވުން އެދި ދުޢާ ކުރުމެވެ. ނަމަވެސް، ފާފަކުރުން ހުއްޓާލުމުގެ ނިޔަތްނެތި އެކަމެއް ކުރުންމަތީ ދެމިހުރެ، ފާފަ ފުއްސެވުން އެދި ދުޢާ ކުރިނަމަވެސް ގާތީ އެދުޢާ ޢިޖާބަ ނުކުރެއްވެވުމެވެ. 

މިހެން ބުނަންޖެހޭ ސަބަބަކީ ތައުބާ ޤަބޫލުފުޅުކުރައްވަވާނެ ޝަރުޠުތަކުގެ ތެރޭގައި ފާފަ ނުކުރަން މަސައްކަތްކުރަން ޢަޒުމް ކަނޑައެޅުމާއި އެކަމަށް އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަތުން ހިމެނެއެވެ.  ހަމަ އެއާއިއެކު ފާފަކުރުން ހުއްޓާލުމުގެ ނިޔަތާއިއެކު ތައުބާވަމުން ގެންދާ މީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އެނިޔަތުގައި ހުރެ އެކަމަށް މަސައްކަތްކުރަމުން ދަނިކޮށް ފާފަކުރުން ތަކުރާރުކުރެވުނު ނަމަވެސްމެއެވެ. 

ފާފަ ތަކުރާރުކުރެވުމުންވެސް ތައުބާވާނަމަ އެކަމުން އަންގައިދެނީ އޭނާއަށް ކުށެއް ކުރެވިއްޖެކަން ޤަބޫލުކުރެވިއްޖެކަމެވެ. އެމީހާ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވާ ކަމެވެ. އެފަދަ މީހުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވަނާނެތެވެ. 

ވީމާ ފުރަތަމަ ކަމަކަށް ފާފަކުރުން ހުއްޓާލަން މަސައްކަތްކުރަންވާނެއެވެ. އެކަމުގައި އިޚްލާޞްތެރިވާންވާނެއެވެ. ތައުބާވުމުގެ ފައިދާކުރާނީ އެއިރުންނެވެ. ހަމަ އެއާއިއެކު ފާފަކުރެވުނީތީ ދެރަނުވެ، ފާފަކުރުން ހުއްޓާލުމުގެ ނިޔަތްނެތި ތައުބާއިވުމާއިމެދު ބައެއް ޢިލްމްވެރިން ވިދާޅުވަނީ އެއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. އެކަންވާނީ ތައުބާވުމަށް ކުރެވޭ ފުރައްސާރައަކަށް ކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން