ހުޅުމާލެ 3 ވަނަ ފިޔަވަހިން މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހުޅުމާލެ 3 ވަނަ ފިޔަވަހިން މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ހުޅުމާލެ 3 ވަނަ ފިޔަވަހިން މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައެޅިފައިވާ މުޅި ސަރަޙައްދުގެ 77.78 އިންސައްތަ މަސައްކަތެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ. މި މަސައްކަތް ހަލުވި ދުވަހެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސް، މަސައްކަތުގައި ބޭނުންކުރަން ފަށާފައެވެ. މި ވަޞީލަތްތަކާއެކު ބިން ހިއްކުމުގެ ދުވެލި ވަނީ ބޮޑުތަނުން އަވަސްވެފައެވެ.

ސަރުކާރުން މިހާރު ތާވަލުކޮށްފައިވާ ގޮތުން، ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެއެވެ. މިއީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން