ހުވަފެނުގަ ފެނުނީ ރަސޫލް ޞޢޥ ކަން ޔަޤީންކޮށްލެވުމަށް އެހީއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހުވަފެނުގަ ފެނުނީ ރަސޫލް ޞޢޥ ކަން ޔަޤީންކޮށްލެވުމަށް އެހީއެއް!

ހުވަފެނުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނިދާނެތޯ އާއި ފެނިއްޖެނަމަ ޔަޤީންކުރާނެ ގޮތަކާއި ބެހޭގޮތުން ބައެއް ކިޔުންތެރިން މިހާރުވެސް ސުވާލުކުރައްވަމުން ގެންދަވާތީ މިގެނެސްދެނީ އެކަމަށް އޮތް އެހީއެކެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެ އަދި ޔޫޓިޔުބް އަޑުއައްސަވައިލައްވާށެވެ. ސާފުވެވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ  

މުސްލިމުންނަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނެ އެއްކަމަކީ ދުނިޔޭގައި ހުއްޓައި ހުވަފެނުގައި ރަސޫލް ފެނުމެވެ. އެއީ ޤިޔާމަތް ދުވަހު ރަސޫލް އާއި ބައްދަލުކުރަން ކުރާ އުންމީދު ބޮޑުކަމުންނެވެ. އެންމެ ލޯބިވާ މަޚްލޫޤަކީ އަދި އެންމެ ބޮޑަށް ބައްދަލުކުރަން ބޭނުން މަޚްލޫޤަކީވެސް ރަސޫލް ކަމުގައިވާތީއެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭ މީހުންނަށް މިދުނިޔޭގައިވެސް ރަސޫލް () ގެ ސިފަފުޅު ފެނުމުގެ ފުރުޞަތު އެބަ ލިބެއެވެ. އެއީ ހުވަފެނުގައެވެ. ބައެއް މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެންމެ ފުރިހަމަގޮތުގައި ތަޤްވާވެރިނުވެވުނު ނަމަވެސް މާތް ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ ބައެއް މީހުންނަށްވެސް ރަސޫލް ހުވަފެނުގައި ފެނެއެވެ. އަދި އެކަމުން އެމީހުންނަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.

ޝައިޠާނާއަށް ރަސޫލް () ގެ ސިފަފުޅަކު ނުހުރެވޭނެއެވެ. އެހެންކަމުން ރަސޫލް () ކަމަށް ހެދިގެން ހުވަފެނުގައި ޝައިޠާނާއަކަށް ނުފެނެވޭނެއެވެ. އެކަން ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ.  

ހުވަފެނުގައި ރަސޫލް () ފެނުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަޞީބެވެ. އެހެންކަމުން މި ލިޔުމުގައިވާ ވީޑިއޯގައި ޝައިޚް އެވަނީ ހުވަފެނުގައި ރަސޫލް () ފެނިއްޖެ ނަމަ ދެނެގަންނަން ފަސޭހަކޮށްދިނުމަށްޓަކައި ރަސޫލް () ގެ ވަރަށް ގިނަ ސިފަފުޅުތައް ބަޔާންކޮށްދެއްވައިފައެވެ. ސަމާލުކަންދީގެން އަޑުއަހައިލާށެވެ!  

ވީޑިއޯ އަޑުއައްސަވައިލައްވާ!:

https://www.youtube.com/watch?v=PS2j-LvXz9w

 

މިއަދު އޮންލައިން