ޢާއިޝަތު ރަފާޙް ޢަލީ
«(أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا، وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ) رواه أبو داود وحسنه الألباني
މާނައީ: “ޙައްޤުގެ މަތީގައި ހުއްޓަސް އަރައިރުންވުން ދޫކޮށްލާ މީހަކަށް، ސުވަރުގޭގެ އައްސޭރިން ގަނޑުވަރެއް ލިބޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ. އަދި މަޖަލަކަށްވިޔަސް ދޮގު ހެދުން ދޫކޮށްލައިފި މީހަކަށް، ސުވަރުގޭގެ މެދުން ގަނޑުވަރެއް ލިބޭނެކަމަށްވެސްމެއެވެ. އަދި އެމީހެއްގެ ޚުލުޤު ހެޔޮކޮށްފި މީހަކަށް، ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނެކަމަށްވެސްމެއެވެ.”
ރިވެތި އަޚްލާޤާ ގުޅުންހުރި އިތުރު 2 ޙަދީޘެއް-
(( إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلَاقًا))4
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ އަދި ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ.”
(( مَا شَيْءٌ أَثْقَلُ فِي مِيزَانِ الْـمُؤْمِنِ يَوْمَ الْقِيَامَةِ مِنْ خُلُقٍ حَسَنٍ))5
މާނައީ: “ޤިޔާމަތްދުވަހުގައި މުއުމިނުއަޅާގެ ތިލަފަތުގައި ރިވެތި އަޚްލާޤަށްވުރެ ބަރުވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ.”