ތިމާ ޝިރުކު ނުކުރާކަމަށް ބުނަމުން ސިޙުރުވެރިންގެ ގާތަށް ދިއައިމަ އެކުރެވެނީ ކޮންކަމެއްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިމާ ޝިރުކު ނުކުރާކަމަށް ބުނަމުން ސިޙުރުވެރިންގެ ގާތަށް ދިއައިމަ އެކުރެވެނީ ކޮންކަމެއްތަ؟: މުފްތީ މެންކް

ތިމާ ޝިރުކު ނުކުރާކަމަށް ބުނަމުން އެކިއެކި ބޭނުންތަކަށް ސިޙުރުވެރިންގެ ގާތަށް ގޮސްއުޅޭ މީހުން މަދެއް ނޫނެވެ. އަހުރެންގެ ސުވާލަކީ އެމީހުން އެކުރަނީ ކޮންކަމެއް ހެއްޔެވެ؟ ހަމަ ޤައިމުވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުން ކަމަކަށް ނުވާނެއެވެ.  

ދެން ވިސްނާލަންވީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކުން ވާގިހޯދުމާއިމެދުގައެވެ. އެއީ ޝިރުކުރުން ކަމަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުން ކޮންމެ ކަމެއްގައިވެސް ވާގިއެދެން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ވާގިއެދުމަކީ ޝިރުކުރުމެވެ. އެހެން ފަރާތަކުން ތިމާއަށް ކަމެއް ޙާޞިލުކުރެވިދާނެކަމަށް އުންމީދުކުރުމަކީވެސް ޝިރުކުރުމެވެ.  

ހަމައެކަނި ސިޙުރުހަދާ މީހުންގެ ކިބައަކުން ނޫނެވެ. ވަލީވެރިންނޭ މިކިޔާ މީހުންގެ ގާތުންނަމަވެސް، އިމާމެއްގެ ގާތަށް މެއެވެ. މުސްލިމުން އެއްވެސް ކަމަކަށް އެދިގެން އެއްވެސް މީހެއްގެ ކިބައިން ވާގިހޯދުމެއް ނެތެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކަ ސީދާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭނެއެވެ. އެކަމަށް ދެވަނަ މީހަކު މެދުވެރިކުރާކަށް ނުޖެހޭނެއެވެ. ހުއްދަވެގެންވަނީ ހަމައެކަނި ތިމާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށް އެދުމެވެ. 

ޝިރުކު ކުރުމާއި ބެހޭ ގޮތުން މިކަންކަން ބައެއް މީހުންނަށް އޮންނަނީ އޮޅިފައެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ޝިރުކުރުމަކީ އެންމެ ބޮޑު ފާފަކަމަށްވާތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން