މިމަހުގެ ފުރަތަމަ ދުވަހު މިފްކޯއަށް މަސްކިރުވި ދޯނިފަހަރަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިމަހުގެ ފުރަތަމަ ދުވަހު މިފްކޯއަށް މަސްކިރުވި ދޯނިފަހަރަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް އެ ކުންފުނިން ފައިސާ ދޫކޮށްފިއެވެ. މިއީ މަސްވެރިން ބާނާ މަހަށް ވީހާވެސް އަވަހަށް ފައިސާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްދިޔަ މުއާމަލާތެކެވެ.

މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ޖަނަވަރީ 01 ވަނަ ދުވަހު ޖުމްލަ 25 މަސްދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސްކިރުވާފައެވެ. މި ދޯނިފަހަރުން ކިރުވި މަހަށްވާ ފައިސާ، މި ހިނގާ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ވަނީ ދޯނިފަހަރަށް ދައްކާ ޚަލާޞްކޮށްފައެވެ.

މިގޮތުން މަސްވެރިންނަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 1,508,161.16 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ސޯޅަ ލާރި) އެވެ. މިއީ މަސްކިރުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ދޫކުރެވުނު ފައިސާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މިގޮތުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މިއަދު އޮންލައިން