ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހަކު ހުވާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހަކު ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ގިނަ އަދަދެއްގެ ފުލުހުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ސިނާން ޢަލީއެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ހުރިހާ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ 66 ފުލުހުން ހުވާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 52 ފިރިހެން ފުލުހުންނާއި 14 އަންހެން ފުލުހުންނެވެ.

މިއީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މުއައްސަސާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ހުވާކުރި ފުލުހުން ދެން ކުރިއަށްދާނީ އެ ފަރާތްތަކަށް ބޭނުންވާ އަސާސީ ތަމްރީނުތައް ފުރިހަމަކުރުމުގެ މަރުހަލާތަކަށެވެ.

މިއަދު އޮންލައިން