އަހުރެމެން އެންމެ ބޮޑަށް މަސައްކަތްކުރަންއޮތް ކަމަކީ އެއްވެސް ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރުމެވެ. އެހެންކަމުން މިއީ ވިސްނައި ހޭލުންތެރިވާން އޮތް 3 ކަމެކެވެ.
ފާފައިގެ 3 އަސާސް:-
1- ކިބުރުވެރިކަން:
އިބިލާހަށް ޖެހުނު ޙާލު ޖެހުނީ ކިބުރުވެރިވެ އާދަމުގެފާނަށް ސަޖިދަ ޖަހަން ދެކޮޅުހެދުމުގެ ސަބަބުން
2- އެދުންވެރިކަން / ދަހިވެތިކަން:
އާދަމުގެފާނު ސުވަރުގެއިން ދުނިޔެއަށް ފޮނުއްވުނީ، އިތުރު ނިޢުމަތްތައް ލިބޭނެ ކަމަށް އިބްލީސް ދިން ވަސްވާހުގެ ސަބަބުން، ނިޢުމަތް ލިބުމުގެ މައްޗަށް ދަހިވެތިވެވަޑައިގެންނެވުމުން
3- ޙަސަދަވެރިކަން:
ދުނިޔެ މަތީގައި އެންމެ ފުރަތަމަ ލޭ އޮހެރިގެންދިޔައީ އާދަމުގެފާނުގެ ދަރިކަލެއްގެ ހިތުގައި އޭނާގެ އަޚާގެ މައްޗަށް އުފެދުނު ޙަސަދަވެރިކަމެއްގެ ސަބަބުން
الفوائد لابن القيم -رحمه الله-
- ޝައިޚް އަޙްމަދު ރިމާޒް