"އަހުރެން ތިބާއަށް ހިތްހެޔޮ!" ކަމަށް ބުނަމުން ޙަސަދަވެރިވެވޭނަމަ އެއީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބު ލިބިދާނެ ބޮޑު ފާފައެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
"އަހުރެން ތިބާއަށް ހިތްހެޔޮ!" ކަމަށް ބުނަމުން ޙަސަދަވެރިވެވޭނަމަ އެއީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބު ލިބިދާނެ ބޮޑު ފާފައެއްކަން އެނގޭތަ؟

ގިނަ ބައަކަށް އެންމެ ބޮޑެތި ފާފަތައް ކުރެވެނީ ވިސްނަންވެސް ނުއެނގޭތީއެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނީ މުނާފިޤުންނަށެވެ. ގިނަ ބައަކަށް މުނާފިޤަކަށްވެވޭއިރުވެސް ނުއެނގެއެވެ. ވީމާ މިދައްކާ ވާހަކައަށް ސަމާލުކަންދޭށެވެ!  

އަނެކާއާއިމެދު ތިމާގެ ހިތް ސާފުކަމަށް ބުނެފައި ހިތުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން ބާއްވާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ. ހިތްސާފުކުމަށް ބުނަންވާނީ އަނެކާ އާއިމެދު އެއްވެސް ރުޅިވެރިކަމެއް، ޢަދާވާތްތެރިކަމެއް އަދި ޙަސަދަވެރިކަމެއް ނެތްނަމައެވެ. ނޫންނަމަ އެލިބިގަނެވެނީ މުނާފިޤުންގެ ސިފައެކެވެ.  

އެކުވެރިންނާއިމެދުގައިވެސް އަދި ޢާއިލާގެ މީހަކާއިމެދުގައިވެސް ހިތުގައި އެއްވެސް މައްސަލައެއް، ޝަކުވާއެއް އޮތްނަމަ ރިވެތިކޮށް އެކަން ހާމަކޮށް އެކަމެއް ޙައްލުކުރާށެވެ. އެއްވެސް ޝަކުވާއެއް އޮތްނަމަ ހިތްސާފުކަމަށް ބުނަންވާނީ އެޝަކުވާއެއްގެ މައްސަލަ ޙައްލުކޮށްފައެވެ.  

ހިތުގައި ބައްޔެއް ހުރިނަމަ ޓެސްޓްތަކުން ދައްކާނެއެވެ. ނަމަވެސް ހަސަދަވެރިކަން އަންގައިދޭނެ ޓެސްޓެއް ލެބޯޓްރީއަކުން ނުހެދޭނެއެވެ. އަދި އިސީޖީއަކުންވެސް ނުއެނގޭނެއެވެ. އެނެގެން އޮތް ހަމައެކަނި ގޮތަކީ އެކަން ހާމަކުރުމެވެ.  

އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބާއްވާށެވެ. އެއީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. ހިތް ޠޯހިރުކުރަން ބުނެވޭ ބަހުގެ މާނައަކީ ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ޝައްކުތަކުން ހިތް ޠޯހިރުކުރުމެވެ.  

ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުން އޮތީ ސާފުހިތަކާއިގެން ދެވިއްޖެނަމައެވެ. ވީމާ ދުނިޔޭގައި އުލެންވާނީ ހިތްސާފުކޮށްގެންނެވެ. ޠޯހިރުކޮށްގެންނެވެ. އުފަލުގައި ދުނިޔޭގައި އުޅެވޭނީވެސް އަރާމުގައި ނިދައިލެވޭނީވެސް ހިތް ސާފުކޮށްގެންނެވެ. އަދި ހިތް ސާފުނުކުރުމާއި އެހެން މީހުންގެ މައްޗަށް ހިތުގައި ރުޅިވެރިކަމާއި ޙަސަދަލައިގެން އުޅުމަކީ ހިތުގެ ބަލިތައް ގިނަވާ ކަމެކެވެ. ވީމާ ދުޅަހެޔޮ ޞިއްޙަތަކަށް އެދޭނަމަވެސް ހިތް ސާފުކުރަން އެބަޖެހެއެވެ.

 

- މަޢލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން