މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ބާޖަވެރިވެގެނެއް ނުދާނެ! ދާނީ ބަނގުރޫޓުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ބާޖަވެރިވެގެނެއް ނުދާނެ! ދާނީ ބަނގުރޫޓުވަމުން!

މައިންގެ ދަރަޖަ އާއި މައިންނަށް ހެޔޮކޮށްހިތަންޖެހޭ މިންވަރުގެ ވާހަަކ ވަރަށް ގިނައިން ދެކެވެއެވެ. އެއީ ހަމައެކަނި މަންމައަށްޓަކައެވެ. އަހުރެމެން އެންމެންނަށްޓަކައެވެ. އަހުރެމެންގެ ޢާއިލާއަށްޓަކައެވެ.  

ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ވަޙީ ކުރައްވަވާފައިވަނީ މައިން ބަފައިން މުސްކުޅިވެއްޖެނަމަ އިތުރަށް ކަމޭ ހިތުމަށެވެ. އެއްވެސް މިންވަރަކަށް ހިތުގައި ނުޖެއްސުމަށެވެ. އެދެމީހުންގެ ކުރިމަތީގައު "އުއްފު"ވެސް ނުބުނުމަށެވެ. ވީމާ މިކަންކަމަށް ސަމާލުކަން ނުދީ މައިން ބަފައިންނަށް އިހާނެތިކޮށް ހިތާ އާއިލާއެއް އަބަދުވެސް ދާނީ ބަނގުރޫޓުވަމުންނެވެ.  

މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ބާޖަވެރިވެގެނެއް ނުދާނެއެވެ. ދާނީ ބަނގުރޫޓުވަމުންނެވެ. ދިވެހިރާއްޖެއަކީ ވަރީގެ ދުނިޔޭގެ ރެކޯޑް އޮތް ޤައުމެވެ. އެހެންކަމުން ﷲ ތަޢާލާ އެންމެ ރުހިވޮޑިގެން ނުގަންނަވާ އަމަލުން އަޅުގަނޑުމެންނަށް މިވަނީ ދުނިޔޭގެ ރެކޯޑް ލިބިފައެވެ. މިކަން މިހެން މެދުވެރިވެފައިވާ ނުވަތަ މެދުވެރިވަމުން އަންނަ ސަބަބަށް ވިސްނަންވާނެއެވެ. އެއިރުން ވިސްނޭނެއެވެ!   

ތިމާ އެންމެ ބޮޑަށް ކަމޭ ހިތަންޖެހޭނީ ކާކަށްތޯ ރަސޫލް () އަށް ދެންނެވުމުން ވިދިވިދިގެން 3 ފަހަރު އެންމެ ބޮޑަށް ހެޔޮކޮށް ހިތަން ޖެހޭނީ މަންމައަށް ކަމަށް ޙަދީޘް ކުރެއްވެވީ ސަބަބުތަކެއް ހުރުމުންނެވެ. 9 ވަސްދެން ބަނޑުގައި ބައްވައިގެން އުފުލިވޭނާއި ވިހެއުމުގައި އުފުލި ވޭނާއި އަދި ވިހެއުމަށްފަހު އުފުލި ވޭންތައް ފަދަ އެތައް ކަމެއްގެ ސަބަބުންނެވެ.  

ދުނިޔޭގެ ވެރިކަން ލިބުނު ނަމަވެސް މަންމަ ވާނީ މަންމައަށެވެ. މަންމައަށް ޙައްޤު މަޤާމް އަދާކުރަން ޖެހޭނެއެވެ. އެހެންކަމުން ބޮޑުވެ ތަޝައްރަފް ފުދުމުން ކުރާ ކަންކަމުގައިވެސް މަންމަގެ ޚިޔާލު ހޯދަންވާނެއެވެ! މަންމަގެ ހެޔޮ ދުޢާ ލިބިގަންނަންވާނެއެވެ! ކައިވެނި ކުރިނަމަވެސް މަންމައާއި މަޝްވަރާކޮށްލަން ވާނެއެވެ!  

ތިބާއަށް ދުނިޔެމަތީގައި ބައިވަރު އަނބިން ލިބިދާނެއެވެ. ނަމަވެސް ބައިވަރު މަންމައެއް ނުލިބޭނެއެވެ. ލިބޭނީ އެންމެ މަންމައެކެވެ. (ހަމަ އެފަދައިން ކިތަންމެ ގިނަ ފިރިން ވެސް ހޯދިދާނެއެވެ. ލިބޭނީ ހަމަ އެންމެ މަންމައެކެވެ.) ވީމާ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި މައިންނަށް ޙައްޤު މަޤާމް ދޭން ޖެހޭނެއެވެ.  

ބައަކު އޮޅުވައިލަން އޮޅުނު ނަމަވެސް އިސްލަމް ދީނުގައި އަންހެނުންނަށްވަނީ ވަރަށް މަތިވެރި މަޤާމެއް ދެވިފައެވެ. އަންހެނަކީ މައެކެވެ. އަންބެކެވެ. ދަރިއެކެވެ. މި 3 މަޤާމަކީވެސް އިސްލާމް ދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ 3 މަޤާމެވެ. މި 3 މަޤާމަކީވެސް ފިރިހެނުންނަށްވުރެ މަތިވެރި މަޤާމެވެ.   

ﷲ ތަޢާލާގެ އެންގެވުންތަކަށްބަލާއިރު އަބަދުވެސް އައިސްފައި އޮންނާނީ ﷲ އަށް ކިޔަމަންތެރިވުމަށާއި ރަސޫލް ()އަށް ތަބަޢަވުމަށެވެ. ނަމަވެސް ކީރިތި ޤްރްއާނުގެ 4 ތަނެއްގައި ބަޔާންވެގެންވާ 4 އާޔަތެއްގައި ވަނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެކަމުންވެސް އެނގެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމެވެ.

 

- ޝައިޚް އިލްޔާސް  ޙުސައިންގެ ދަރުސަކުން 

 

 

 

 

 

https://twitter.com/IMQuotes_Videos

OCT 21

 

 

 

މިއަދު އޮންލައިން