މުސްލިމުން ނޫން މީހުން އެއުޅެނީ ރަނގަޅު ގޮތުގަ ކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ވަރަށް ނުރައްކާތެރި ޙާލަތެއްގަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މުސްލިމުން ނޫން މީހުން އެއުޅެނީ ރަނގަޅު ގޮތުގަ ކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ވަރަށް ނުރައްކާތެރި ޙާލަތެއްގަ!: މުފްތީ މެންކް

އަހުރެމެން މުސްލިމުންގެ ތެރެއިން ނައެއް މީހުންނަށް ވިސްނޭގޮތުގައި މުސްލިމުން ނޫން މީހުންވެސް އެއުޅެނީ ރަނގަޅު ގޮތުގައެވެ. އެގޮތަށް ވިސްނޭނަމަ އެމީހެއްގެ އީމާންކަން އެވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. އެހެންވެ އެމީހަކުވެސް އެހުރެވެނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ.  

ކާފިރުންގެ އިތުރަށް މުސްލިމުންގެ ތެރެއިންވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރާ އަދި އެފަދަ ވާހަކަތައް ދައްކާ މީހުން އެއުޅެނީ ރަނގަޅަށް ކަމަށްވެސް ޤަބޫލުކުރުމެއް ނެތެވެ. ސަބަބަކީ މީސްތަކުން އުލެންވީ ގޮތް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. އެގޮތަށް ނުއުޅެވޭނަމަ އެމީހަކަށް އުޅެވޭނީ ކޮން ރަނގަޅަކަށް ހެއްޔެވެ؟  

އެއީ ތަނަވަސް މީހަކުކަމަށްވެސް ވެދާނެއެވެ. އެއީ މަތީމަޤާމެއްގައި ހުރި މީހަކުކަމަށްވެސްވެދާނެއެވެ. މީސްތަކުންގެ ޤަދަރާއި އިޙްތިރާމް ލިބިގެންހުރި މީހަކު ކަމަށްވެސް ވެދާނެއެވެ. އަދި އެއީ ބޮޑު ޢިލްމްވެރިއަކަށްވެސް ވެދާނެއެވެ.  

އެއިން އެއްވެސް ކަމަކީ އެމީހަކު އުޅޭނެހައި ގޮތަކަށް އުޅެން ހުއްދަކުރާ ސަބަބެއް ނޫނެވެ. އެމީހުންނަށްވެސް އުޅެން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެގޮތަށް ނުއުޅޭނަމަ އެމީހަކު އެއުޅެނީ ރަނގަޅު ގޮތަށްކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ޤަބޫލުކޮށްފިނަމަ އެމީހަކަށް އެހުރެވެނީ ކުރިން ބުނި ފަދައިން ވަރަށް ބޮޑު ނުރައްކަލެއްގައެވެ.  

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން