ހުކުރު ދުވަހު ކޮންމެހެން ކުރަން ބުނެ މިބަޔާންކުރާ 4 ކަމަކީވެސް އެކަން ކުރުމުގެ ނިޔަތް އޮތް ހަމަ އެއްވެސް މީހަކަށް ކުރަން ބުރަކަމެއް ނޫނެވެ. ބޭނުންވަނީ ހަމަ ކުޑަކުޑަ ހިތްވަރެކެވެ. ހިތްވަރުކޮށްލައިފިނަމަ މި 4 ކަންތައް ކުރުމަކީ ނުހަނު ފަސޭހައިން ކުރެވޭނެ ކަމެކެވެ.
ފުރަތަމަ ކަމަކަށް ޖަމާޢަތުގައި ފަތިސްނަމާދުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ހުކުރުވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދެވެ. އަންހެނުން ބަންގިގޮވުމުން ވީހާ އަވަހަކަށް ގޭގައި ނަމާދުކުރާށެވެ.
ދެވަނަ ކަމަކަށް ވީހާއަވަހަކަށް ހުކުރަށް ގޮސް ހުކުރުނަމާދުކުރުން
ތިންވަނަ ކަމަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!
اَلْحَمْدُ للهِ رَبِّ الْعَالَمِيْن، اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن
ޢާލަމް ތަކުގެ ވެރި ﷲ އަށް ޙަމްދާއި ޝުކުރުކުރަމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުޙައްމަދު ނަބިއްޔާއަށާ އެމާތް ނަބިއްޔާގެ އެންމެހާ އާލުންނާ އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!
ހަތަރުވަނަ ކަމަކަށް އިރުއޮއްސުމުގެ ކުރިން ކަހްފި ސޫރަތް ކިޔަވާށެވެ.
އެއިރުން ކުރިއަށް އޮތް ހަފްތާއަށް އެމީހަކަށް ނޫރެއް ދެއްވަވާނެތެވެ. އެނޫރުގެ ސަބަބުން އުންމީދުކުރެވިދާނެ ކަންކަން ބައިވަރެވެ. އެއިގެ ތެރޭގައި ފާފަކުރުމުން ދުރުހެލިވެ ހުރެވުމާއި ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރެވުމަށް އުންމީދުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން