ޔޫސުފް ސޫރަތަކީ ހިތާމަތަކާއި ކަންބޮޑުވުމާއި ނިކަމެތިކަމާއި އެކަނިވެރިކަމާއި މިހެން ގޮސް މިބާވަތުގެ ހުރިހާ ކަމަކާއިވެސް ވަރަށް ގުޅުންހުރި ވާހަކަތަކެއް ބަޔާންކުރައްވަވާފައިވާ ސޫރަތެކެވެ. ވަރަށް ގިނަ ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާ ސޫރަތެކެވެ.
އެހެންކަމާއިއެކުވެސް އެންމެ ފުރަތަމަވެސް ބުނެލަން އޮތީ ހިތާމަ ޢާއި ހިތްދަތިކަމެއް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވުމުން ޔޫސުފް ސޫރަތް ކިޔަވަން އެއްވެސް ޙަދީޘްފުޅަކުން ފެންނާކަށް ނެތެވެ. އެކަމަށް ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ.
ނަމަވެސް އަހުރެންގެ ވިސްނުމަށް އަހުރެންނަށް ޤަބޫލުކުރެވޭ ކަމެއް ބުނެލާނަމެވެ. ޔޫސުފް ސޫރަތް ބާވައިލެއްވެވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ހިތްދަތިޙާލުކޮޅުގައި އުޅުއްވެވި އަހަރުއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އެއީ އެސޫރަތުގެ ސަބަބުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި ހިތްވަރުފުޅު ދެއްވެވުމަށެވެ.
ވީމާ އަހުރެން ބުނާނީ ހިތާމަތަކާއި ހިތްދަތިކަމުގެ ޙާލަތުގައި އެސޫރަތް ކިޔެވުމަކީ ކުރަން އޮތް ކަމެއް ކަމަށެވެ. އެސޫރަތުގައިވާ ވާހަކަތަކުގެ މާނައަށް ވިސްނައިގެން ކިޔުމުން ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. ކުރިމަތިވާ އިމްތިޙާންތަކަށާއި މުޞީބާތްތަކަށް ކެތެރިވުމުގެ ހިތްވަރު ލިބިގެންދާނެއެވެ. އިން ޝާ ﷲ
އަހުރެންގެ ދުޢާއަކީ އަހުރެމެންނަށް ކުރިމަތިވާ ހިތާމަތަކާއި ހިތްދަތިކަމާއި ކަންބޮޑުވުންތައް ކުރިމަތިވުމުން އެކަންކަމަށް ކުރިމަތިލައި ކެތްތެރިވުމުގެ ހިތްވަރު އަހުރެމެންނަށް ދެއްވެވުމެވެ. އާމީން
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން