މިމަހުގެ 3 ވަނަ ދުވަހު މިފްކޯ އަށް މަސްކިރުވި ދޯނިފަހަރަށް 2.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިމަހުގެ 3 ވަނަ ދުވަހު މިފްކޯ އަށް މަސްކިރުވި ދޯނިފަހަރަށް 2.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި

މިއަހަރުގެ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހު މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް އެ ކުންފުނިން ފައިސާ ދޫކޮށްފިއެވެ. މިއީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މުއާމަލާތެކެވެ.

މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 03 ޖަނަވަރީ 2026 ވަނަ ދުވަހު ޖުމްލަ 45 މަސްދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސްކިރުވާފައެވެ. މި ދޯނިފަހަރުން ކިރުވި މަހަށްވާ ފައިސާ، މި ހިނގާ ޖަނަވަރީ މަހުގެ 05 ވަނަ ދުވަހު ވަނީ ދޯނިފަހަރަށް ދައްކާ ޚަލާޞްކޮށްފައެވެ.

މިގޮތުން މަސްވެރިންނަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 2,179,020.51 (ދެ މިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް ވިހި ރުފިޔާ ފަންސާސް އެއްލާރި) އެވެ. މިއީ މަސްކިރުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ދޫކުރެވުނު ފައިސާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މި ސިޔާސަތުގެ ދަށުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މިއަދު އޮންލައިން