ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީންކުރެވިފައި: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީންކުރެވިފައި: ވަޒީރު

މުޖުތަމަޢު ތެރޭގައި އަންހެނަކަށްވީތީ އަނިޔާކުރުން ނުވަތަ ނިކަމެތި ވެގެންދާ މީހުންގެ ކަންތައްތަކުގައި ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ތަމްރީން ކުރެވިފައިވާ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އަންހެނަކަށް ވީތީ ކުރާ އަނިޔާ ނުވަތަ ކުޑަކުދިންނަށް ކުރާ އަނިޔާ މަދުކުރުމަށް ރައްކާތެރިކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ކުރަމުންދާ އެއްމަސައްކަތަކީ، ޒުވާނުންގެ ތެރެއިން މި މިކަމުގައި ތެދުވެ މުޖުތަމަޢު ތެރޭގައި މަސައްކަތްކުރާނެ ބައެއް ޕިއަރ ޔޫތް އެޑިއުކޭޓާސް ގެ ނަމުގައި ތަމްރީނުކުރުން ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން "އެކު އެކީ" ނަމުގައި ފެށިފައިވާ ޔޫތް ޕިއަރ އެޑިކޭޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ދަށުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަށް 500 ޒުވާނުން ތަމްރީނުކުރުމަށް ވަނީ ރޭވިފައެވެ.

ޕިއަރ އެޑިކުޓޭރަނުންނަކީ އެއް އުމުރުފުރައެއްގެ ޒުވާނުންގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގައްޔާއި އެކުވެރިޔާއަށް އެހީތެރިވުމަށް ތަމްރީންކުރާ ފަރާތެކެވެ. އަދި މިއީ ޒުވާނުންކަމަށްވުމުން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް، ޢިލްމީ އަދި ދުޅަހެޔޮ ރައްކާތެރި ޚިޔާލުތައްދިނުމުގައި މައިގަނޑު ރޯލެއް މި އެޑިއުކޭޓަރުން އަދާ ކުރެއެވެ.

ޕިއަރ އެޑިއުކޭޓަރެއްގެ ޒިންމާތައް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭރުން ފުޅާވެގެންދެއެވެ. މިގޮތުން ދޭދޭ ގުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ހުނަރުތަކާއި، ދިމާވާ މައްސަލަތައް ދަނެގަތުމާއި، އެ އުމުރުފުރާގެ ފަރާތްތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ ތެރޭގައި މަޢުލޫމާތު ހިއްސާ ކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން