އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުންދާ "ޓެކްސްޓް އަ ކޮފީ" ޚިދުމަތަކީ ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވާލުމަށް ފަރުމާކޮށްފައިވާ ވަރަށް ފަސޭހަ ޚިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ އެވެ. ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ޚިދުމަތަކީ ވަރަށް ބޮޑު އެހީތެރިއަކަށް ވާނެއެވެ.
މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ މި ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ލިބޭނެ އެވެ. އެއަށް ފަހު ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެ އެވެ.
މި ޚިދުމަތުގެ ދަށުން މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ އެވެ. މި ޚިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ އެވެ.
"ޓެކްސްޓް އަ ކޮފީ" އަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ޚިދުމަތެކެވެ. އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫ ސުޕަރ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތް ބޭނުންކޮށްގެން ޓްރީޓްތައް ފޮނުވާލެވޭނެއެވެ.