އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލް ގައި މިއަހަރުވެސް ހާއްސަ ޕްރޮމޯޝަނެއްފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލް ގައި މިއަހަރުވެސް ހާއްސަ ޕްރޮމޯޝަނެއްފަށައިފި

އުރީދޫ މޯލްޑިވްސްއިން މިހާރު ރެހެންދި ދަނޑުގައި ކުރިއަށްދާ ފޯރިގަދަ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕަރނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއަރފައިބަރގެ ޚިދުމަތް 400 ރުފިޔާއިނގް މަތިން ބައްލަވައިގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ގުރަކުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބިގެންދާނެއެވެ.

އިނާމުތަކުގެ ތެރޭގައި ހިމެނެނީ

ޓީވީ• ސޯފާ• ފްރިޖް 

މައިކްރޯވޭވް•ތެލި ސެޓު

• ކޮންސިއަރޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް 2 ރިޓާން ޓިކެޓްމި ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސްއިން ތަފާތު އިވެންޓްތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓަށް ޒިޔާރަތްކޮށްލައްވާށެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށް ދާއިރު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށްޓަކައި އުރީދޫ ޓެންޓުގައި އަޅުގަނޑުމެންގެ ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.

މި ޕްރޮމޯޝަން ކޮންމެ ހަފްތާއަކު ކުރިއަށްދާއިރު، އާ ނަސީބުވެރިން ގަވާއިދުން އިއުލާން ކުރާނެ އެވެ. އުރީދޫ މޯލްޑިވްސްއާ ގުޅި ކާމިޔާބުކޮށް، އުފާފާޅުކުރުމުގެ މި ފުރުސަތު ގެއްލުވާނުލާށެވެ.ގޯލްޑަން ފުޓްސަލްގައި ހުންނަ އުރީދޫ ޓެންޓަށް މިއަދު ޒިޔާރަތް ކުރައްވާށެވެ.

މިއަދު އޮންލައިން