ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން މުޢާމަލާތުތައްކޮށްފައި އިހުމާލުވާ މީހުންނަށް އަގުހުރި ފިލާވަޅެއް!

ކިޔުމަށް ހޭދަވާނީ 2މ 51ސ
ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން މުޢާމަލާތުތައްކޮށްފައި އިހުމާލުވާ މީހުންނަށް އަގުހުރި ފިލާވަޅެއް!

ޢަލީ އިޙްޞާން ފިރާޤް

 

ގިނަ ބައަކު ﷲ ތައާލާގެ ނަންފުޅު ގަންދީ ހުވާކުރެއެވެ. ވަޢުދުތައްވެއެވެ. މުޢާމަލާތުތައް ކުރެއެވެ. އެކަމަކު އެކަމެއް އެއްބަސްވި ގޮތަށް ފުއްދަން ފަރުވާބަހައްޓަނީ މަދުމީހެކެވެ. ތިރީގައި އެވަނީ އެކަމަށް ފަރުވާތެރިވުމުން ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތެވެ. ކޮންފަދަ އަގުހުރި ފިލާވަޅެއް ހެއްޔެވެ؟

އެކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު صلّى اللّـه عليه وسلّم  ޙަދީޘްކުރެއްވިއެވެ. ބަނީއިސްރާއީލުންގެ ތެރެއިން ފިރިހެނަކު، މީހެއްގެ ގާތުގައި އޭނާއަށް އެއްހާސް ދީނާރު ދަރަންޏަށް ދިނުމަށް އެދުނެވެ. އަރަނިވެރިޔާ އެ ދަރަނިދިންކަމަށް މީހަކު ލައްވާ ހެކިކޮށް ދިނުމަށް އެދުނެވެ. އެހިނދު ދަރަނިވެރިޔާ ބުންޏެވެ. [ހެކިވެރިއަކު ކަމުގައި ﷲ ފުދެއެވެ.] އަރަނިވެރިޔާ އެ ދަރަންޏަށް ޖާމިނުވާނެ ފަރާތެއް ހަމަޖެއްސުމަށް އެދުނެވެ. ދަރަނިވެރިޔާ ބުންޏެވެ. [ޖާމިނުވާނެ ފަރާތެއްކަމުގައި ﷲ ފުދެއެވެ.]

ދެން އަރަނިވެރިޔާ  ބުންޏެވެ. [އެންމެ ރަނގަޅެވެ.] ދެން ދަރަނިވެރިޔާ ކަނޑުމަގުން ދަތުރުކޮށްފައި ގޮސް އޭނާ ކުރަން ދިޔަ މަސައްކަތް ފުރިހަމަކޮށްފައި ދަރަނި އަދާކުރަން ޤަޞްދުކުރިއެވެ. އޭނާ މަސައްކަތްކޮށްކޮށްވެސް ދަތުރުކުރާނެ ނަވެއް ނުލިބުނެވެ. ދެން އޭނާ ލަކުޑިގަޑެއް ހޯދައިގެން އޭގެ އެތެރެކޮނެފައި އޭގެ ތެރެއަށް އެއްހާސް ދީނާރުލިއެވެ. އަދި އޭގެ ތެރެއަށް ދަރަނިދޫކުރި ފަރާތަށް ސިޓީއެއްވެސް ލިޔެފައިލިއެވެ. އެއަށްފަހު އެ ލަކުޑިގަނޑު ބަންދުކޮށްގެން ކަނޑުގެ އައްސޭރިފަށަށް ދިޔައެވެ. ދެން ގެ ޙަޟުރަތަށް ދުޢާ ދެންނެވިއެވެ.

[އޭ އެވެ. މިއަޅާ އެވެނިމިވެނި މީހެއްގެ އަތުން އެއްހާސް ދީނާރު ދަރަންޏަށް ނެގިކަން އިބައިލާހު ދެނެވޮޑިގެންވެއެވެ. އޭނާ ތިމަންގެ ކިބައިން ޖާމިނުވާނެ ފަރާތެއް ހަމަޖެއްސުމަށް އެދުނެވެ. ޖާމިނުވާނެ ފަރާތެއްކަމުގައި ފުދޭނެކަމުގައި ތިމަން އޭނާގެ ގާތުގައި ބުނީމެވެ. އޭނާ ތިމަންގެ ކިބައިން ހެކިވެރިއަކު ހަމަޖައްސައިދޭން އެދުނެވެ. ހެކިވެރިއަކު ކަމުގައި ފުދޭނެކަމުގައި ތިމަންބުނީމެވެ. އޭނާގެ ދަރަނި އަދާކުރުމަށްޓަކައި އެރަށަށް ދިޔުމަށް ނަވެއް ލިބޭތޯ ތިމަން ގަދައަޅާ މަސައްކަތްކުރީމެވެ. ނަމަވެސް ނުލިބުނެވެ. އެހެންކަމުން މިފައިސާތައް އިބަރަސްކަލާނގެއާ ޙަވާލުކުރަމެވެ.] 

އެއަށްފަހު އެ ލަކުޑިގަނޑު އޭނާއަށް އެއްލޭނެ އެންމެ ދުރަކަށް ކަނޑަށް އެއްލައިލިއެވެ. ހަމައެދުވަސްވަރު އަރަނިވެރިޔާ، ދަރިނިވެރިޔާގެ ރަށަށް ދިޔުމަށްޓަކައި ނަވެއް ލިބޭތޯ މަސައްކަތްކުރަންފެށިއެވެ. އެއްދުވަހަކު އަރަނިވެރިޔާ ގޮނޑުދޮށަށް ގޮސް ނަވެއްފެނޭތޯ އުޅުމުގެ ތެރޭގައި ލަކުޑިގަނޑެއް ފެނުނެވެ. އުނދުނު ޖެއްސުމަށްޓަކައި އޭނާ އެ ލަކުޑިގަނޑު ގެއަށް ގެނެސް ކީހާލުމުގެ ތެރޭގައި އޭގެ ތެރޭގައި ހުރި ފައިސާތަކާއި ސިޓީ ފެނިއްޖެއެވެ. އޭގެ ދުވަސްތަކެއްފަހުން ދަރަނިވެރިޔާ ނަވެއް ހޯދައިގެން އަރަނިވެރިޔާ ގާތަށް އައެވެ. އައިސް ބުންޏެވެ.  

[ ގަންދީ ބުނަމެވެ. ދަރަނި އަދާކުރަން އަންނަންވެގެން ނަވެއް ލިބޭތޯ ތިމަން ވަރަށް ގަދައަޅާ މަސައްކަތްކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.] 

އަރަނިވެރިޔާ ބުންޏެވެ. [ތިބާ، ތިމަންނާއަށް އެއްވެސް އެއްޗެއް ފޮނުވިން ހެއްޔެވެ؟] ދަރަނިވެރިޔާ ޖަވާބުދިނެވެ. [ތިމަންނާއަށް ނަވެއް ނުލިބިގެން މިތަނަށް ނާދެވުނީއެވެ.] އަރަނިވެރިޔާ ބުންޏެވެ. [ކަލޭގެފަރާތުން އެފައިސާ ، ތިމަންނާއަށް ރައްދުކޮށް ދެއްވައިފިއެވެ. ތިބާ ތިޔަ ގެނައި ފައިސާ ތިބާގެ އަތުގައި ބަހައްޓާށެވެ.] { أحمد شاكر (ت ١٣٧٧)، مسند أحمد ١٦‏/٢٤١إسناده صحيح }

 

މިއަދު އޮންލައިން