ކުޑަކުޑަ ހެޔޮ ޢަމަލެއް ﷲ ޤަބޫލުފުޅު ކުރައްވަވައި ސުވަރުގެ ވެއްދެވި އަންހެނާގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 1މ 16ސ
ކުޑަކުޑަ ހެޔޮ ޢަމަލެއް ﷲ ޤަބޫލުފުޅު ކުރައްވަވައި ސުވަރުގެ ވެއްދެވި އަންހެނާގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ފެން ބޮވައިގަނެގެން ގޮސް ހާންތިވެފައިވާ އޮތް ކުއްތާއެއް ވަޅެއްގައި ކައިރީގައި އެނބުރެނިކޮށް ބަނީއިސްރާއީލުންގެ ޒިނޭކުރާ އަންހެނަކަށް ފެނުނެވެ. އޭނާ އެތަންދެކެ، އޭނާގެ ބޫޓުބައިލައިފައި ވަޅަށް ފައިބައިގެން އެއަށް ފެންފުރައިގެން އައިސް އެކުއްތާއަށް ފެންދިނެވެ. އެ ހެޔޮ ޢަމަލުގެ ސަބަބުން އޭނާގެ ފާފަތައް ފުއްސެވިއެވެ.

{ البخاري (ت ٢٥٦)، صحيح البخاري ٣٤٦٧ • [صحيح] • أخرجه البخاري (٣٤٦٧)} 

މިޙަދީޘްފުޅަކީ ވަރަށް ގިނައިން ޚުޠުބާތަކުގައިވެސް ކިޔާ ޙަދީޘްފުޅެކެވެ. ފާހަގަކޮށްލަން ބޭނުންވަނީ އަމިއްލަ ޢާއިލާގެ މީހުންނާއި ނިކަމެތި ފަޤީރުން ދަތިޙާލުގައި އުޅެމުންދާއިރު، އެކަން އެނގިތިބެވެސް އަޅައިވެސް ނުލާ ތިބޭ މީހުން މިޙަދީޘްފުޅަށް ވިސްނައިލުމުގެ މުހިންމު ކަމެވެ. 

ނިކަމެތި ޙާލެއްގައި މީހަކު އުޅޭކަން އެނގިއްޖެނަމަ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް އެހީތެރިވެދޭށެވެ. ޢަދަދު މަދުވެގެން ލަދުގަންނާނެ ކަމެއް ނެތެވެ. ފަސްރުފިޔާއަށް ލިބޭ އެންމެ ހަނޑޫ ކިލޯއަކީވެސް ދަތިޙާލުގައި ހުންނަ މީހަކަށް ވަރަށް ބޮޑު އެއްޗެކެވެ.

 

މިއަދު އޮންލައިން