މާތް ﷲ ގެ ފޮތް ފިޔަވައި އެންމެ މާތްވެގެންވާ 6 ޒިކުރު: ޝެއިޚް ސުލައިމާން އައްރުޙައިލީ

ކިޔުމަށް ހޭދަވާނީ 1މ 54ސ
މާތް ﷲ ގެ ފޮތް ފިޔަވައި އެންމެ މާތްވެގެންވާ 6 ޒިކުރު: ޝެއިޚް ސުލައިމާން އައްރުޙައިލީ

ޢާއިޝަތު ރަފާޙް ޢަލީ

 

މާތްވެ ވޮޑިގެންވާ އަދި މަތިވެރިވެ ވޮޑިގެންވާ ﷲ އަށް ޙަމްދު ހުއްޓެވެ. މި ޒިކުރުތަކަކީ އިސްލާމްދީނުގައި ވަރަށް މުހިންމު އަދި ފަސޭހައިން ކުރެވޭނެ ޢަމަލުތަކެކެވެ. އެ ޒިކުރުތަކަކީ: 

سبحان الله - ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ.

الحمدلله - އެންމެހައި ޙަމްދު ﷲ އަށް ޙައްޤުވެގެންވެއެވެ.

لا إله إلا الله - ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ.

الله أكبر - ﷲ އެންމެ މަތިވެރިވެވޮޑިގެންވެއެވެ.

لا حول ولا قوة إلا بالله - ﷲ ގެ ވާގިފުޅާއި ބާރުފުޅު މެނުވީ އެހެން ބާރެއް އަދި ކުޅަދާނަކަމެއް ނުވެއެވެ.

اللهم صل على محمد - މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ. 

މި ޒިކުރުތަކަކީ ވަރަށް ލުއިފަސޭހަ އަދި ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ ޢަމަލުތަކެކެވެ. އެއްވެސް ޚާއްޞަ މަސައްކަތެއް ނުކޮށް، އަދި އެއްވެސް ދަތިކަމެއް ނެތި، މީހަކަށް ކާރުގައި ދަތުރުކުރަމުން ވެސް އަދި އެއްޗަކަށް އިންތިޒާރުކުރަމުން ވެސް މި ޒިކުރުތައް ކުރެވިދާނެއެވެ.

ބައެއް އިސްލާމީ ޢިލްމުވެރިން، މިސާލަކަށް ޝައިޚް އިބްނު ބާޒް (ﷲ އެ ބޭކަލުންގެ މައްޗަށް ރަޙުމަތް ލައްވާށިއެވެ) ފަދަ ބޭކަލުން، ﷲ ގެ ޒިކުރު ކުރެއްވުން ހުއްޓުވާނުލައްވައެވެ. އެ ބޭކަލުން ސުވާލަކަށް އަޑުއަހަވަމުން ދަނިކޮށްވެސް، ސުވާލު އަޑުއެހުމުގެ ތެރޭގައި ވެސް ﷲ ގެ ޒިކުރު ކުރައްވަމުން ގެންދަވައެވެ. މިސާލަކަށް: 

أستغفر الله - އަޅުގަނޑު ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން އެދެމެވެ.

سبحان الله - ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ފަދަ ޡިކުރުތައް ޝައިޚް ކުރައްވައެވެ.

އަޅުގަނޑުމެން އެކަލާނގެއަށް ގިނަގިނައިން ޒިކުރުކުރާ މީހުންގެ ތެރެއިން ލައްވާށިއެވެ. އާމީން

 

                   

މިއަދު އޮންލައިން