ކިޔަވާލަން ފަރިތަ، ހިތުން އެނގޭ ތަނެއް ޤުރްއާނުން ކިޔެވިނަމަވެސް ކިޔަވަންވާނީ މިކަންކަމަށް ސަމާލުކަންދީގެން! ފައިދާކުރާނީ އެއިރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކިޔަވާލަން ފަރިތަ، ހިތުން އެނގޭ ތަނެއް ޤުރްއާނުން ކިޔެވިނަމަވެސް ކިޔަވަންވާނީ މިކަންކަމަށް ސަމާލުކަންދީގެން! ފައިދާކުރާނީ އެއިރުން!

"ﷲ، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެރިވާމީހުންގެ ގައިގެ ހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ ﷲގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެއެވެ." (އައްޒުމަރު: 23)  

ތިމާ ކިޔަވަނީ ހިތުން އެނގޭ އާޔަތްތައް ނަމަވެސް ކިޔަވާއިރު ސަމާލުކަންދޭށެވެ! ކިޔަވާ އެއްޗަކުން ހިތަށް އަސަރުކުރުވަން ގަދައަޅައި މަސައްކަތްކުރާށެވެ. ކޮންމެ މީހަކީ ޢަރަބި އެނގޭ މީހަކަށް ނުވުމުން ކިޔަވާއެއްޗެއްގެ މާނަ ނުއެނގިދާނެއެވެ. ހަމަ ޤައިމުވެސް އެނގޭނެ ކަމެއް އެބަ އޮތެވެ. އެއީ މިކިޔަވަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުޔައްކަމެވެ.  

އެކަން ހިތުގައި ބާއްވައިގެން ކިޔެވިނަމަވެސް ހިތަށް އަސަރުކުރާނެއެވެ. ކިޔެވުމުގައި ފަރުވާކުޑަކޮށްލައިފިނަމަ ޘަވާބު ނުލިބުމުގެ އިތުރުން ޢަޛާބު ދެއްވަވާނެކަން ހިތްމައްޗަށް ގެންނާށެވެ!  

އެކަން ކުރެވޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކިޔެވުމުންނެވެ. އަކުރުތަކަށާއި ފިލިތަކަށް އަދި މައްދުތަކަށް ބަލައިިގެން ކިޔެވުމުންނެވެ. ތަޖްވީދު މަގުން ކިޔަވަން ދަސްކޮށް އެމަގުން ކިޔަވަން ސަމާލުކަންދީގެން ކިޔެވުމުންނެވެ. ހިތާއި ސިކުނޑި އެކަމަށް ހުސްކޮށްލައިގެން ކިޔެވުމުން ކިޔެވުމުންނެވެ. 

ތިބާ ޤުރްއާން ކިޔަވަނީ ހެޔޮ ޢަމަލުކުރުމުގެ ބޭނުމުގައެވެ. ޘަވާބު ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް ކިޔަވަނީ ދޭންޖެހޭ ސަމާލުކަން ނުދީނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިސުވާލު ހިތުގައި ބާއްވައިގެން ކިޔަވާށެވެ! ފައިދާކުރާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން