ކީރިތި ރަސޫލާގެ މާތް ޚުލްޤުފުޅު: ޤަލަމް ސޫރަތުން

ކިޔުމަށް ހޭދަވާނީ 1މ 56ސ
ކީރިތި ރަސޫލާގެ މާތް ޚުލްޤުފުޅު: ޤަލަމް ސޫރަތުން

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ‎﴿٤﴾‏

މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ. (4)" 

ކީރިތި ރަސޫލާﷺގެ ހިތްވަރުފުޅު ގަދަކަމާއި، މަތިވެރި އަދަބުފުޅާއި، ލަދުވެތިކަމާއި، ޙިލްމުވެރި ފަޞާޙާތްތެރި ބޭކަލެކެވެ. ނަމަވެސް މުޝްރިކުން، ކީރިތި ރަސޫލާގެ ދަޢުވަތު ޤަބޫލުނުކޮށް ރަސޫލާﷺ އަށް މޮޔަ ބޭކަލެއް ކަމަށް ގޮވަމުން ދިޔައެވެ. ﷲ ތަޢާލާ އެކަމަށް ރައްދު ދެއްވާ މި ސޫރަތުގައި ބަޔާން ކޮށްދެއްވިއެވެ. އެގޮތުން ޤަލަމް ސޫރަތުގެ 2 ވަނަ އާޔަތާއި 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ ‎﴿٢﴾‏ وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ ‎﴿٣﴾‏ 

މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ نعمة ން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ. (2) އަދި ހަމަކަށަވަރުން، ނިމުމެއްނުވާ ދަރުމައެއް ކަލޭގެފާނަށް ހުށްޓެވެ. (3)" 

މީގެ އިތުރުން ﷲ ތަޢާލާ އަޢްރާފް ސޫރަތުގެ 199 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ‎﴿١٩٩﴾‏

މާނައީ: "ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! (199)" 

 

 

މިއަދު އޮންލައިން