މިއީ ބަޙުސްކޮށްލުން ވަރަށް މުހިންމު ކަމެކެވެ. ދެރަވެ ހިތާމަކުރަންވީ ހިތާވެގެން އުޅުނު ރީތި ބައިވެރިޔާ ނުލިބުމުންހެއްޔެވެ؟ ނޫނީ ތިމާ ގޮވައިގެން ޢުމުރަށް އުފާވެރި ދިރިއުޅުމެއް އުޅެދޭނެ ބައިވެރިއަކު ނުލިބުމުން ހެއްޔެވެ؟
މިބަހުސްގައި ގިނަ އަންހެނުން ގޮތްނިންމައިފިއެވެ. ފަޤީރުންގެ އިތުރުން ތަނަވަސްކަންހުރި އަދި ރީތި ގިނަ އަންހެނުންވެސް ބުރަވަނީ ހަމައެއްކޮޅަކަށެވެ. އެހެންކަމުން ކިޔުންތެރިންގެތެރެއިން އަންހެނުންވެސް އަދި ފިރިހެނުންވެސް މިބަހުސްގައި ބައިވެރިވެލުން ވަރަށް މުހިންމުކަމަށް ދެކެމެވެ.
އަޅުގަނޑުމެން އަސްލުގާ މިދުނިޔޭގާ އުޅޭއިރުގާ އަޅުގަނޑުމެން ކޮންކަމެއްތޯ ޙާޞިލް ކުރަން ބޭނުންވަނީ؟ ދުނިޔޭގެ ފަހިކަން ، ދުނިޔޭގެ އުފާވެރި ދިރިއުޅުމެއް އެހެންވެގެން ވަރަށްގިނަފަހަރު އަންހެން ކަނބަލުންވެސް ބުނާނެ ތިމަންނަ ބޭނުމެއްނޫނޭ ދެން މިހާރު ރީތި މީހަކާ އިންނާކަށް ކޮންމެހެން! ތިމަންނަ ބޭނުންވަނީ އުފާވެރި ދިރިއުޅުމެކޭ! لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ
ތިމަންނަ ބޭނުންވަނީ ދިރިއުޅުން އުފާކުރާށޭ! ދިރިއުޅުން އުފާވެރިވާށޭ ! ދިރިއުޅުމުގަ އުފާ ކުރާށޭ އެހެންވީމާ އުފާވެރިކަމެއް ތިމަންނައަށް ލިއްބާދެނިވި މީހަކާ އެކީގައޭ ތިމަންނަ ޒަވާޖީ ޙަޔާތް ވޭތުކުރަން ބޭނުންވަނީ، މިހާރު ވަރަށްގިނަ އަންހެން ކަނބަލުންވެސް އެބަ ވިދާޅުވޭ !
ކީއްވެގެންތޯ މިހެން ވިދާޅުވަނީ؟ ކުރިން އެތިބިހެން! ނޫން! ރޫޙް މިއަންނަނީ! ރީތި ފިރިހެނަކު ދިމާވެއްޖިއްޔާ އެފިރިހެނަކީ ކޮންމެ ގޮތަކަށް ހުރި، ކޮންމެގޮތަކަށް އުޅޭ މީހެއް ކަމުގާވިޔަސް . ކޮންމެ ފާޑަކަށް އުޅެމުންދާ މީހެއް ކަމުގާ ވިޔަސް އެފަދަ ފިރިހެނަކާ އެފަދަ އަންހެން ކަނބަލުން ގުޅިދާނެ ރީތި ވެއްޖިއްޔާ! ކަމުހިގައްޖެ ކަމަށްވާނަމަ! މިހާރުވެސް ކޮންމެސް ވަރަކަށް އެކަންތައްތައް އެބައޮތް އެހެން ނަމަވެސް ވަރަށްގިނަ އަންހެން ކަނބަލުންނަށް އޭގެ ގެއްލުން ލިބި ލަނޑު ލިބި ކެހިވެރިކަމުގެ ޝިކާރަޔަކަށްވެ ދިއުމަށްފަހުގައި އެކަމުގެ ޢިބްރަތް ޙާޞިލްކޮށް ވަރަށް ގިނަކަނބަލުން މިހާރު އެބަބުނޭ ތިމަންނަމެން ދެން މިހާރު ހަމައެގޮތަކަށް ބޭރުފުށުން ފެންނަން ހުންނަ ސިފަޔަކަށް ނުބަލާނަމޭ! ތިމަންނަ ގޮވައިގެން އުޅެވޭވަރުގެ މީހާކާ އެކީގައޭ ތިމަންނަ ދިރިއުޅުން ވޭތުކުރަން ބޭނުންވަނީ، އިންނަން ބޭނުންވަނީ، ޒަވާޖީ ޙާޔާތެއް ޤާއިމުކުރަން ބޭނުންވަނީ އެފަދަ މީހަކާ އެކީގައޭ ޙަޤީޤަތް އެއަންނަނީ އަސްލުގަ ދިވެހިން ބުނެއުޅޭ އަނބި ރީތީ ހެވިއްޔާއޭ އެހެންނޫންތޯ؟ އެހެންބުނެއުޅޭ.
ހަމައެގޮތަށް ފިރިހެނުންވެސް ހަމައެކަނި ރީތިކަމަށް ބަލައިގެން ފެންނަން ހުންނަ ދަޅަޔަކަށް ފަނާވެދަނިވި ކަމަކަށް އެރީތިކަން ގެއްލިދާނެ އެޒުވާންކަންވެސް ގެއްލިދާނެ، މުސްކުޅިވެސް ވާނެ، މީހާގެ ސޫރަޔަށް ބަދަލުވެސް އަންނާނެ. ރޫވެސް ޖެހޭނެ އެރޫޖެހުނީމާ ދެން ފޫހިވާންވީ. ފޫހިވާނެ. ހަމައެކަނި ސޫރަޔަށްޓަކައި ހަމައެކަނި ބުރުސޫރަ އާއި ރީތިކަމަށްޓަކައި ފަރިކަމާއި ޗާލުކަމަށްޓަކައި ޒަވާޖީ ޙަޔާތެއް ވޭތުކޮށްފި ކަމުގައިވާނަމަ،
އެހެންވީމާ، މިއަދު ފިރިހެނުންވެސް އެބަބޭނުންވޭ ތިމަންނަމެން ހަމައެކަނި މިހާރު ބަލަނީކީ ކޮންމެހެން ރީއްޗަކަށް އެކަންޏަކު ނޫނޭ ގެވެހި އަންހެނެއް ލިބޭތޯއޭ ވަރަށް ގިނަ ފިރިހެން ބޭފުޅުން އެބަވިދާޅުވޭ މިހާރު ތިމަންނަމެން ބަލަނީ ގެވެހި އަންހެނެއް އިޚްތިޔާރު ކުރާށޭ! ގެވެހި އަންހެނެއް ލިބިއްޖެއްޔާ ތިމަންނަ އަށް އެނިމުނީއޭ ތިމަންނަޔަށް މުޅި ދިރިއުޅުން ވަރަށް އުފާވެރިވާނޭ.!
އެކަމަކު ދެން ރީތިކަންވެސް ހުންނަން ޖެހޭނެތާ! ހަމަކޮންމެ މީހަކީވެސް ރީތި މީހެއް! އެކަކަށް ހުތުރުވާ މީހާ އަނެކާއަށް ރީތިވެދާނެ! އެކަމުން އެނގެނީ ކޮންމެ މީހަކީވެސް ރީތި މީހެއްކަން. ވީމާ ތިމާ ކައިވެނިކުރަންވާނީ ތިމާއަށް ރީތިވެސް މީހަކާ! ކޮންމެވެސް ވަރެއްގެ ރީތިކަމެއް ނެތި ކިހިނެއް ޒަވާޖީ ޙަޔާތެއް ޤާއިމު ކުރާނީ؟
އެހެންވީމާ މިދުނިޔޭގައި އަޅުގަނޑުމެން އަސްލު އުޅޭއިރުގައި ދުނިޔޭގެ ގޮތުން ބެލިކަމުގައި ވިޔަސް އަޅުގަނޑުމެން ދުނިޔޭގެ ފަހިކަމާ، އުފަލާ، އަރާމާ، މޮޅުކަމާ، މިއެއްޗެހި ބޭނުންވެގެން މަސައްކަތް ކުރާއިރުވެސް ބައެއްފަހަރަށް ކަންތައްތައް ކުރެވޭގޮތުން ލަނޑު އެބަލިބޭ ކެހިލިބޭ އެހެންނޫންތޯ؟ އެއީ އަޅުގަނޑުމެންނަށް އެޅޭ ފިޔަވަޅެއްގެ ސަބަބުން އަޅުގަނޑުމެންގެ މުޅި ޙަޔާތުގާ ރޯންޖެހި މުޅި ޙަޔާތް ބަރުބާދުވެ ދާފަދަ އެތައްކަމެއް އަޅުގަނޑުމެންގެ މި ޙަޔާތުގާ އެބަ ކުރިމަތިވޭ!
- ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން