ނުބައިބަސްތައްބުނެ ރުޅިއަރުވަން މަސައްކަތްކުރާނަމަ އެއީ ﷲ ގެ ޙަޟްރަތުގަ ތިމާގެ ދަރަޖަ މަތިވެރިކޮށްލަން ލިބޭ ފުރުޞަތެއް! މިމަގުން ޢަމަލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނުބައިބަސްތައްބުނެ ރުޅިއަރުވަން މަސައްކަތްކުރާނަމަ އެއީ ﷲ ގެ ޙަޟްރަތުގަ ތިމާގެ ދަރަޖަ މަތިވެރިކޮށްލަން ލިބޭ ފުރުޞަތެއް! މިމަގުން ޢަމަލުކުރޭ!

މީހަކު ތިބާއަށް ނުބައިބަސްތައް ބުނާ އަޑުއިވުމުން އަޅައިނުލާ، ރައްދު ނުދީ ދުރަށް ދިއުމަކީ ކުރަން ފަސޭހަކަމެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް ތިބާއަށް އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ.  

އެހެނީ ރައްދުދީ ޒުވާބުކުރުމުން ތިބާއަށްވެސް އެވެއްޓިގަނެވެނީ އެމީހުންނާއި އެއް ދަރަޖައަކަށެވެ. އެމީހުން ތިބާއަށް ނުބައި ބަސްތައް ބުނުމުން ތިބާއަށް ލިބެން އޮތް ޘަވާބުކޮޅު ނަގައިލެވެނީއެވެ. ވީމާ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ.  

މީހަކު ތިމާއަށް ނުބައިބަސްތައް ބުނާނަމަ އަޅައިވެސްނުލާ ދުރަށް ދިއުމަކީ ވަރަށް ހިތްވަރުގަދަ  މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ވަރަށް ޘާބިތު މީހުންނަށެވެ. އެޘާބިތުކަން ލިބޭނީ ޙައްޤު ގޮތުގައި ޘާބިތުވެ ހުރެވޭ މީހަކަށެވެ.  

ތިބާއަކީ ޙައްޤު ގޮތުގައި ހުރިމީހަކުނަމަ އެހެން މީހަކު ތިބާއަކީ ވަރަށް ނުބައި މީހެއް ކަމަށް ބުނުމަކުން ތިބާއަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތެވެ. އެހެނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ މީސްތަކުންނަށް ޙުކުމް ކުރައްވަވާނީ މީހަކު ބުނާ ގޮތަކަށް ނޫނެވެ. އޭނާ ކޮށްފައިވާކަމަށް އޭނާގެ ފަތުން ފެންނަންހުރި ޢަމަލުތަކުގެ މައްޗަށެވެ.  

މީހަކު ނުވަތަ މީހުން ތިބާއަށް ނުބައި ބަސްތައް ބުނާނަމަ އޮތީ އުފާކުރުމެވެ. ޤިޔާމަތް ދުވަހު އެމީހުންގެ ކިބައިން ބަދަލު ލިބޭނެތީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ޞަޙާބީންގެ ޒަމާނުގައި އެބޭކަލުންނަށް ނުބައިބަސްތައް ބުނެ ހަދާ މީހުންނަށް އިނާމުގެ ގޮތުގައި ހަދިޔާވެސް ފޮނުއްވަވާފައި އެބަހުއްޓެވެ. އެއީ އޭނާ އެކުރިކަންތަކުން އެބޭކަލަކަށް އާޚިރަތް ދުވަހު ފައިދާކުރާނެތީއެވެ. އަހުރެމެންވެސް ފިލާވަޅު ލިބިގަންނަންވީ އެފަދަ ޞަޙާބީންގެ އަރިއަހުންނެވެ.  

އަހުރެން މިބުނިމަގުން ޢަމަލުކުރާނަމަ ﷲ ތަޢާލާ އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ. އެއަށްވުރެ ބޮޑު މަންފާއަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން