މި އަހަރުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މި އަހަރުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެ، ފަންސާސް ހާހާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 49,625 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 43,903 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އަދި 2024 ވަނަ އަހަރުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް އައީ 40,015 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ފުރަތަމަ ހަތް ދުވަހު އެވްރެޖުކޮށް ކޮންމެ ދުވަހަކު 7,089 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. އެގޮތުން 68.8 އިންސައްތަ ނުވަތަ 34,137 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރިއިރު، ގެސްޓްހައުސްތަކަށް 12,982 ފަތުރުވެރިން (26 އިންސައްތަ) ޒިޔާރަތްކުރިއެވެ. މީގެ އިތުރުން ހޮޓާތަކަށް 1,551 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކަށް 1,006 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާއެވެ. އެ ގައުމުން 10,548 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 7,510 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 3,386 ފަތުރުވެރިންނެވެ.

މިއަދު އޮންލައިން