ކަށުނަމާދާއި ޖަނާޒާގައިބައިވެރިވެއްޖެނަމަ އުހުދުފަރުބަދަ ވަރުގެ ބޮޑުމިނުގެ 2 ފަރުބަދައާއި އެއްވަރަށް ޘަވާބު ދެއްވަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކަށުނަމާދާއި ޖަނާޒާގައިބައިވެރިވެއްޖެނަމަ އުހުދުފަރުބަދަ ވަރުގެ ބޮޑުމިނުގެ 2 ފަރުބަދައާއި އެއްވަރަށް ޘަވާބު ދެއްވަވާ!

ބައެއް ދީންތަކުގައި އަޅުކަން ކުރެވެނީ ފައްޅީގައި ނުވަތަ އެނޫންވެސް އަޅުކަން ކުރުމަށް ޚާއްޞަ ތަންތަނުގައެވެ. ނަމަވެސް އިސްލާމް ދީނުގައި އަޅުކަން ކުރެވެނީ މިސްކިތުގައި އެކަންޏެއް ނޫނެވެ. އަދި މުސައްލަމަތީގައި އެކަންޏެއްވެސް ނޫނެވެ. 

މިސްކިތުގެ އިތުރުން މަގުމަތީގައާއި ގެދޮރުގައާއި އެނޫންވެސް އެމީހަކު ހުރި ކޮންމެ ތަނެއްގައި ހުރެގެން ކުރާ ހެޔޮ އަމަލުތައްވެސް ހިމެނިގެންދާނީ އަޅުކަމުގެ ތެރެއިންނެވެ. 

މިސާލަކަށް ބުނާނަމަ ހެޔޮ ނަޞޭޙަތެއް ދިނުމުން، މީހަކަށް ހިނިތުންވެލުމުން އެކަން ލައްވަވަނީ ކުރި ޞަދަޤާތެއް ކަމުގައެވެ. މިއީވެސް ކޮންފަދަ ބޮޑު ނިޢްމަތެއް ހެއްޔެވެ؟ އަނބިދަރިންނަށް ކާންބޯން ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަންކުރުމަކީވެސް ޞަދަޤާތެކެވެ. 

މީހެއްގެ ކަށުނަމާދާއި ޖަނާޒާގައިބައިވެރިވެއްޖެނަމަ އުހުދުފަރުބަދަ ވަރުގެ ބޮޑުމިނުގެ 2 ފަރުބަދައާއި އެއްވަރަށް ޘަވާބު ދެއްވަވަތެވެ. ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ޘަވާބު ދެއްވަވަތެވެ. ވީމާ ޘަވާބު ހޯދަން މަސައްކަތްކުރުމުގަ ހީވާގިވެއްޖެ މީހާ މިހިރީ ހައްތާވެސް ޘަވާބު އިތުރުކުރެވެންހުރި މަގުތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން