ކޮންމެ ކުއްޖަކުނަމަވެސް ރީތިކޮށް ކިޔަވާއަޑު އިވިއްޖެނަމަ މިދުޢާކުރަންވާނެ! ޙަސަދަވެރިވެއްޖެނަމަ ތިމާއަށާ ދަރިންނަށްވެސް ދެރަ ލިބިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮންމެ ކުއްޖަކުނަމަވެސް ރީތިކޮށް ކިޔަވާއަޑު އިވިއްޖެނަމަ މިދުޢާކުރަންވާނެ! ޙަސަދަވެރިވެއްޖެނަމަ ތިމާއަށާ ދަރިންނަށްވެސް ދެރަ ލިބިދާނެ!

އެހެން މީހުންގެ ދަރިން ވަރަށް ރިވެތިކޮށް ޤުރްއާން ކިޔަވާއަޑު އިވުމުން ތިމާގެ ދަރިފުޅުގެ ކިޔެވުމާއި އެކުއްޖާގެ ކިޔެވުމާއި އަޅާކިޔައިލެވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ހިތުގައި ޙަސަދަލެވުމެވެ.  

ޙަސަދަ ލެވެނީ އެވަޤުތު ޝައިޠޯނާ ހިތުގެ ތެރެއަށް ވަދެގަންނާތީއެވެ. އެކުއްޖާގެ މައްޗަށް ޙަސަދަ ލައްވަން ޝައިޠޯނާ މަސައްކަތްކުރާތީއެވެ. ވީމާ ރިވެތިކޮށް ކިޔަވާ ކުއްޖެއްގެ އަޑުއިވުމާއިއެކު މިފަދައިން ކިޔާށެވެ! ޙަސަދަވެރިވުމާއި އެސްފީނާލުމުން ސަލާމަތްވާށެވެ! އެހެންކުދިންނަށް ޙަސަދަލާނަމަ އެކަމުގެ އަސަރު ތިބާގެ ދަރިފުޅަށްވެސް ކޮށްފާނެ ކަމަށް ބިރުވެތިވާށެވެ!  

مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ     

"އިންސާނާ އޭނާގެ ހިތްކިޔާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޢަޖައިބު ކުރުވަނިވި ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމަކީ އޭނާގެ އަމިއްލަ މުދަލުން ނުވަތަ ދަރިންގެ ކިބައިން ފެނުނު ކަމެއް ނަމަވެސް، ކިޔުން މަޝްރޫޢު ވެގެންވަނީ( مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ   ) މިފަދައިންނެވެ."  

އެއަށްފަހު ވިސްނައިލާށެވެ. ތިމާގެ ދަރިފުޅަށް މިފަދަ މަތިވެރި ނިޢްމަތެއް ލިބިފައިވީނަމަ ތިބާއަށް ލިބޭނެ ހިތްހަމަޖެހުމެވެ. އުފާވެރިކަމުގެ ބޮޑުކަމެވެ. އަދި ތިބާއަށްވެސް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖައެވެ.  

ގުޅުންހުރި ވީޑިއޯ ބައްލަވާލައްވާ!:  

https://www.facebook.com/watch/?v=329168368058399

 

 

 

  

މިއަދު އޮންލައިން