އޮތެންޓިކް މޯލްޑިވްސްގެ ހަ ވަނަ އަހަރީ ދުވަހުގެ ގާލާ ނައިޓްގައި މިނިސްޓަރ ބައިވެރިވެވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އޮތެންޓިކް މޯލްޑިވްސްގެ ހަ ވަނަ އަހަރީ ދުވަހުގެ ގާލާ ނައިޓްގައި މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ދިވެހި އުފެއްދުންތައް އިޝްތިހާރުކޮށް، ކުރިއެރުވުމަށް "އޮތެންޓިކް މޯލްޑިވްސް" އިން ކުރަމުންދާ މަސައްކަތަށް ހަ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ގާލާ ނައިޓްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ވިޔަފާރިވެރިންނާއި، ވިޔަފާރީގެ ބައިވެރިންގެ އިތުރުން މި ދާއިރާގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތެރިންގެ ހުނަރުތައް ދައްކާލުމަށާއި، އަމިއްލަ މަސައްކަތްތެރިކަން ކުރިއެރުވުމުގައި "އޮތެންޓިކް މޯލްޑިވްސް" އިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން