އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމާއި އުފާވެރި ދިރިއުޅުމަކަށް މަގުދައްކައިދޭ ޚާއްޞަ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމާއި އުފާވެރި ދިރިއުޅުމަކަށް މަގުދައްކައިދޭ ޚާއްޞަ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

ހުޅުމާލެ އިސްރަށްވެހިންގެ ނާދީއާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމާއި އުފާވެރި ދިރިއުޅުމަކަށް މަގުދައްކައިދޭ ޚާއްޞަ މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

ހިޔާ 8 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަނަކީ، ހާސްވުމާއި ދެރަވުމުން ދުރުވެ، މުޖުތަމަޢުގައި އެކުވެރިކަމާއެކު އުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން