އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ދެ ވުޒާރާ ގުޅިގެން އިސްރަށްވެހިންނަށް އަމާޒުކޮށްގެން މިއަހަރުތެރޭގައި ކުރިއަށް ގެންދާނެ މުހިންމު ހަރަކާތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފިއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގޭ ކޮންމެ ހަރަކާތަކީވެސް އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒިމާކުރެވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޖަމުއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާކަން ފާހަގަކުރެއެވެ.
ހަބަރު: ސަރުކާރު