ތިބާ 2 ކަމެއް ޙާޞިލްކުރަން މަސައްކަތްކުރާށެވެ! އެއިރުން ހިތްހަަމަޖެހުމާ އެހެން ހުރިހާ ބޭނުންތަކެއް ﷲ ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތިބާ 2 ކަމެއް ޙާޞިލްކުރަން މަސައްކަތްކުރާށެވެ! އެއިރުން ހިތްހަަމަޖެހުމާ އެހެން ހުރިހާ ބޭނުންތަކެއް ﷲ ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

ގިނަބއަކަށް މެދުވެރިވާ ގޮތަކީ ބޭނުންވާ ކަންކަމުގެ ލިސްޓްދިގުކަމުން ތިމާ ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވެނީއެވެ. އެކަމަށް ވަޤުތު ނުދެވެނީއެވެ. މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ފަރުޟް ނަމާދުތައް ކޮށްލުމަކުންވެސް ނުފުދެއެވެ. ނަމާދުތައްކޮށް އެހެން ފަރުޟްތައް އަދާކުރަމުންވެސް ކުރަންޖެހޭ 2 ކަމެއް އެބައޮތެވެ. ބުނަން މިއުޅެނީ އެ 2 ކަންތަކުގެ ވާހަކައެވެ.  

ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވަރަށް ގިނަ ކަންކަމަށް އެދޭނެއެވެ. އަގުބޮޑު ކާރަށާއި، އެންމެ ފުރިހަމަ ގެދޮރަށާއި، ތަނަވަސްކަމަށާއި މިހެންގޮސް ވަރަށް ގިނަ ކަންކަމަށް އެދޭނެއެވެ.  

އެދޭ ހުރިހާ މިފަދަ ކަންކަން ހިންމަވައި ނުދެއްވަވައިފާނެއެވެ. އަދި މިފަދަ ދުނިޔަވީ އެއްވެސް ކަމެއްވެސް ފުއްދަވައި ނުދެއްވަވައިފާނެއެވެ. ނަމަވެސް ފުއްދަވައި ދެއްވަވާނެކަން ޔަޤީންވާ 2 ކަމެއް އެބައޮތެވެ. އެއީ އެމީހަކު ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. އަދި ހަމައެފަދައިން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމުން ތަޤްވާވެރިކަން ދެއްވަވާނެތެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހެއްގެ ފާފަ ފުއްސަވައިދެއްވަވައި ތަޤްވާވެރިކަން މިންވަރުކުރެއްވެވުމުން އެއޮތީ ހުރިހާ ކަންކަން ލިބިފައެވެ. އެމީހަކު ހުންނާނީ އުފަލުން ހިތްހަމަޖެހިގެންނެވެ.  

މިޘާލަކަށް އެންމެ ގިނަބައަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަންކަމަކީ އެމީހަކަށް އެހެން މީހުން ނަފްރަތުކޮށް އެއްޗެތިގޮވުމެވެ. ހިތްހަމަނުޖެހޭފަދަ ބަސްތައް ބުނުމެވެ. ދުރުމީހުންނާއި ޢާއިލާގެ ތެރެއިން ކުރާ ގޯނާތަކެވެ. އަތްމަތި ދަތިވުމެވެ. ދަރިން ލިބުން ލަސްވުމެވެ. މިފަދަ އެތައް ކަމެކެވެ.  

ދިގުކުރަން ލިސްޓް ކިޔުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން އަވަސްވެގަންނާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ތިބާއަށް ނުލިބިގެން ތިއައުޅޭ ހުރިހާ ކަންކަން ދާނީ ތިބާއަށް ލިބެމުންނެވެ. އެކަމުގެ ހިތްހަމަޖެހުން ލިބެމުންނެވެ. އިން ޝާ ﷲ

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން