ހުރިހާ ކަންބޮޑުވުންތަކާ ހާސްކަމުން ސަލާމަތްވެވިގެން ހުރުމަށް ކިޔަން އޮތް ޛިކުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ހުރިހާ ކަންބޮޑުވުންތަކާ ހާސްކަމުން ސަލާމަތްވެވިގެން ހުރުމަށް ކިޔަން އޮތް ޛިކުރު!

މިއީ ވަރަށް މަތިވެރި ޛިކުރެކެވެ. ގިނަ ބައަކަށް ނުވަތަ އެންމެންނަށްހެން ކޮންމެހެން ލިބެންޖެހިފައިވާ ފަރުވާއެކެވެ. އެހެނީ ކޮންމެ މީހަކީވެސް ކޮންމެވެސް ކަމެއް މެދުވެރިވެގެން ހިތްދަތިކަމުގައި ނުވަތަ ކަންބޮޑުވުމެއްގައި އުޅެން ޖެހިފައިވާ މީހަކަށްވާއިރު އެންމެ މުހިންމު އެއްކަމަކީ އެކަންކަމުން ފިކުރުތައް ސަލާމަތްކުރެވި ދުޅަހެޔޮ ވިސްނުމެއްގައި ހުރެވުމެވެ. އެހެންކަމުން މިޛިކުރަކީ އެފަދަ މީހުންނަށް އޮތް އެހީތެރިކަމެކެވެ. އިން ޝާ ﷲ 

ކަންބޮޑުވުންތަކާއި ހާސްކަމުން ދުރުހެލިވާން ބޭނުންނަމަ   

حَسْبِيَ اللَّهُ لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 

ހެނދުނާއި ހަވީރު 7 ފަހަރު ކިޔާށެވެ.

މިއީ ކިޔާލަން ދޫމައްޗަށް ފަސޭހް ޛިކުރެކެވެ. އެކުލެވިގެންވާ މާނައީ "މިއަޅާގެ ހުރިހާކަމަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ. ﷲ ތަޢާލާ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. މިއަޅާ ހުރިހާ ކަމެއްގައި ވަކީލްކުރަނީ ﷲ ތަޢާލާއަށެވެ. އެކަލާނގެއީ އެނެމަތިވެރިކަން ލިބިވޮޑިގެންވާ ޢަރުޝީގެވެރި ރަސްކަލާނގެއެވެ."

 

- ޝައިޚް އިބްރާހީމް ފަރީދު އަހްމަދު

 

މިއަދު އޮންލައިން