ކޮންމެ ހާހަކުން 999 މީހުންނަށް ވަންނަޖްހޭނީ ނަރަކައަށްކަން އެނގޭއިރު ތިމާގެ ޙާލަށް ބިރުން ނުވިރޭނަމަ ގާތީ ނަރަކައަށް ވަންނަންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކޮންމެ ހާހަކުން 999 މީހުންނަށް ވަންނަޖްހޭނީ ނަރަކައަށްކަން އެނގޭއިރު ތިމާގެ ޙާލަށް ބިރުން ނުވިރޭނަމަ ގާތީ ނަރަކައަށް ވަންނަންޖެހުން!

އިން ޝާ ﷲ ނަރަކައަށް ވަންނާކަށް ތިބާއަކަށް ނުޖެހޭނެއެވެ. ނަމަވެސް އެއީ އެހައިފަސޭހައިން ނިންމައިގެންވާނެ ނިންމުމެއް ނޫނެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތިވާންޖެހޭނެއެވެ. އެއާޔަތުގައި އެވަނީ ތިމާއަށް އޮތް ވަޙީބަސްފުޅެއް ކަމަށް ނުވަތަ އިންޒާރެއް ކަމަށް ޤަބޫލުކުރަންވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ. މަޑުމައިތިރިކަމާއިއެކު ވިސްނައިގެން ޤުރްއާން ކިޔަވަންވީވެސް އަދި ޤުރްއާނުގެ މާނަކިޔަންވީވެސް އެސަބަބަށްޓަކައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންގެ ތެރެއިން ނަރަކައިން ސަލާމަތްވެވޭނީ ކޮންމެ 1000 އަކުން އެންމެ މީހަކަށެވެ. މިއީ ބިރުހުރި ވާހަކައެކެވެ. އާދައިގެ ވާހަކައެއް ނޫނެވެ. އެކަން ހިތަށް ވަނުމުން ތިމާއަށް ސުވަރުގެ ނުވަދެވިދާނެ ކަމުގެ ބިރު ހިތަށްވަދެ ބިރުން ތުރުޔުރު ނުއަޅާނަމަ އެމީހާގެ ހިތުގައި ވަރަށް ބޮޑު މައްސަލައެއް އެބަ އުޅެއެވެ. އެމީހަކަށް ނަރަކައިން ސަލާމަތް ނުވެވިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. 

އަހުރެމެން ޤުރްޢާން ކިޔަވަމުއެވެ. މާނަވެސް ކިޔަމުއެވެ. ޢަޛާބުގެ ވާހަކަ ބަޔާންވެގެންވާ އާޔަތެއް ކިޔެވިއްޖެނަމަ ވިސްނެނީ އެއީ ކާފިރުންގެ ވާހަކަ ކަމަށެވެ. ތިމާއަށް އެއްވެސް ޢަޛާބެއް ނުދެއްވަވާނެ ކަމަށެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ ކަމަށެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ކީރިތި ޤުރްއާނުގައިވާ ޢަޛާބުގެ ވާހަކަތަކަށް ބިރުވެތިވާށެވެ. ތިމާއަކީ ޢަޛާބުން ސަލާމަތްވާން މަސައްކަތްކުރާ މީހަކަށް ވެވޭނީ އެއިރުންނެވެ. ދުޢާއަކީ އަހުރެމެން އެންމެހައި މުސްލިމުންނަށް ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްކަން ލިބުމެވެ. ޢާމީން

 

- މަޢްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން