ޢާއިޝަތު ރަފާޙް ޢަލީ
ހިތްތައް ވިހަވާ ހަތަރު މައިގަނޑު ކަމެއް ވެއެވެ. ތަޒްކިޔާގެ ޢުލަމާއިން މިއަށް ކިޔަނީ "ފުޟޫލު" އެވެ. އެބަހީ އިތުރަށް ކުރާ ކަންކަމެވެ. އެއީ:
މާ ގިނައިން ވާހަކަދެއްކުން
މާ ގިނައިން ކެއުން
މީސްތަކުންނާ މާ ގިނައިން ބައްދަލުވުން
މާ ގިނައިން ނިދުން ނުވަތަ މިނަށްވުރެ އިތުރަށް ނިދުން
މި ހަތަރު ކަމަކުން ހިތް މަރުވެއެވެ. އަދި ހިތް ވަރަށް ބަލިކަށިވެއެވެ. އޭރުން ފިތުނަތައް ދެނެގަތުމަށް ވެސް ދަތިވެއެވެ. އެ ފިތުނަތަކާ ކުރިމަތިލުމުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ.
މާ ގިނައިން ވާހަކަދެއްކުމަކީ ކޮބައިކަން މާނަކުރާނީ ކިހިނެއްތޯ؟ ސައްޔިދުނާ އަބޫ ހުރައިރާގެ ބަސްފުޅެއްގައި ވެއެވެ: "ތިބާ ވާހަކަދައްކަން ބޭނުންވާ ހިނދު، ވާހަކަނުދައްކާށެވެ. އަދި ތިބާ ވާހަކަދައްކަން ބޭނުން ނުވާ ހިނދު، ވާހަކަދައްކާށެވެ. އޭރުން ތިބާ ރަނގަޅު ހަމައެއްގައި ހުންނާނެއެވެ." މިއީ ވާހަކަދެއްކުމުގައި މެދުމިނުގައި ހުރުމަށް ދެވިފައިވާ ރީތި ނަސޭހަތެކެވެ.
މާ ގިނައިން ކެއުމަކީ ކޮބައިތޯ؟ އެއީ ތިބާ ފުނޑުފުނޑުވެގެން ދިއުމެވެ. ޙަދީޘްފުޅެއްގައި ވެއެވެ: "ތިންބައިކުޅަ އެއްބައި، ތިންބައިކުޅަ އެއްބައި، ތިންބައިކުޅަ އެއްބައި." މިއީ ކެއުމުގައި މެދުމިނުގައި ހުރުމަށް ދެވިފައިވާ ރީތި އިރުޝާދެކެވެ. ތަޒްކިޔާގެ ޢިލްމުވެރިން ބުނަނީ މިކަން ކުރުމުގެ އެންމެ ރަނގަޅު ގޮތަކީ ރޯދަ ހިފަން ފެށުމެވެ. މަދުވެގެން ހޯމަ އާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެކެވެ.
މީސްތަކުންނާ މާ ގިނައިން ބައްދަލުވުމަކީ ވެސް ހިތަށް ވިހަވާ ކަމެކެވެ. މައްސަލައަކީ ތިބާ މާ ގިނަ މީހުން ދަންނަ ހިނދު، އަދި ތިބާގެ އުފާވެރިކަން މީސްތަކުންނާއެކު ވުމުގައި އޮންނަ ހިނދު، އޭރުން ތިބާ ﷲއާ ގުޅިފައެއް ނުހުރެއެވެ. އެހެންކަމުން މީސްތަކުންނާ ބައްދަލުވުމުގައި ވެސް މެދުމިނުގައި ހުރުމަކީ މުހިންމު ކަމެކެވެ.
ކޮންމެ ދުވަހަކު ތިބާ ވަށައިގެން މާ ގިނަ މީހުން ތިބޭތީއެވެ. އެއީ ތިބާ ﷲއާއެކު އަމިއްލަ ވަގުތު ގެއްލޭތީއެވެ. ސުބްޙާނަﷲ. މަދުން ބައްދަލުވާށެވެ. ކޮންމެ ދަޢުވަތަކަށް ތިބާ ދާކަށް ނުޖެހެއެވެ. ނުވަތަ ކޮންމެ އެހެން ކަމަކަށް ވެސް، ނުވަތަ ކޮންމެ ދުވަހަކު "ހިނގާ ކޮފީއެއް ބޯން ދަމާ" ނުވަތަ "މިވެނި ތަނަކަށް ދަމާ" ކިޔާކަށް ނުޖެހެއެވެ. އެހެނެއްކަމަކު ތިބާގެ އަމިއްލަ ނަފްސަށް ލޯބިކުރަން ދަސްކުރާށެވެ. އަދި ތިބާއާއެކު ވަގުތު ހޭދަކުރާށެވެ. އަދި އެއީ މަޑުމަޑުންވާ ކަމެކެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން