މިޛިކުރަކީ މިހާރުވެސް ގިނަ ބައަކު ކިޔަމުން ގެންދާ ޛިކުރެކެވެ. މި ޙަދީޘްފުޅު މިގެނެސްދެނީ އިތުރު ހިތްވަރެއްގެ ގޮތުންނެވެ. މިހާރު ނުކިޔާ މީހުންނަށް ހިތްވަރެއްގެ ގޮތުންނެވެ. ހަނދުމަ އައުކޮށްލައިދިނުމަށެވެ.
ﷲ ގެ ރުއްސެވުން ހޯދަން ބޭނުންނަމަ:
رَضِيتُ باللهِ رَبَّاً، وَبِالْإِسْلَامِ دِيناً، وَبِمُحَمَّدٍ صَلَى اللهُ عَلِيهِ وَسَلَّمَ نَبِيَّاً
(މިއަޅާގެ ރައްބަކީ ﷲ ތަޢާލާ ކަމަށާއި މިއަޅާގެ ދީނަކީ އިސްލާމްދީން ކަމަށާއި މުޙައްމަދު ރަސޫލް ﷺ އީ މިއަޅާގެ ނަބިއްޔާކަމަށް ރުހިއްޖައީމުއެވެ.)
ހެނދުނާއި ހަވީރު 3 ފަހަރު ކިޔާށެވެ.
މި ޛިކުރުގައި އިޤްރާރްވަނީ ތިމާގެ ރައްބަކީ ﷲ ތަޢާލާ ކަމަށާއި ތިމާގެ ދީނަކީ އިސްލާމް ދީން ކަމަށް އަދި މުޙައްމަދު ރަސޫލް ﷺ އީ ތިމާގެ ނަބިއްޔާކަމަށް ހެޔޮ ހިތުން ރުހި ޤަބޫލުވެގެން ހުރި ކަމަށެވެ.
މިފަދައިން ހެނދުނާއި ހަވީރު 3 ފަހަރު ޛިކުރްކުރާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ޤިޔާމަތް ދުވަހު ލިބި އެމީހަކު ސުވަރުގެ ވައްދަވާނެކަމަށް ޙަދީޘްފުޅުގައިވެއެވެ. މިމަތިވެރި ނިޢްމަތް ލިބިގެންދާނީ އެމީހާވާ އިޤްރާރަށް ޢަމަލުކުރުމުންނެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ކީރިތި ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރުމުންނެވެ. ދީނަކީ އިސްލާމް ދީންކަމަށް ރުހި ޤަބޫލުވިފަދައިން އިސްލާމް ދީނުގައިވާ ކަންކަމަށް ޢަމަލުކުރުމުންނެވެ.
حَدَّثَنَا مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا أَبُو الْحُسَيْنِ، زَيْدُ بْنُ الْحُبَابِ حَدَّثَنَا عَبْدُ الرَّحْمَنِ بْنُ شُرَيْحٍ الإِسْكَنْدَرَانِيُّ، حَدَّثَنِي أَبُو هَانِئٍ الْخَوْلاَنِيُّ، أَنَّهُ سَمِعَ أَبَا عَلِيٍّ الْجَنْبِيَّ، أَنَّهُ سَمِعَ أَبَا سَعِيدٍ الْخُدْرِيَّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ مَنْ قَالَ رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً وَجَبَتْ لَهُ الْجَنَّةُ ” .
Abu Sa’id al-Khudri reported the Messenger of Allah (ﷺ) as saying:
If anyone says “I am pleased with Allah as Lord, with Islam as religion and with Muhammad (ﷺ) as Apostle” Paradise will be his due.
Grade : Sahih (Al-Albani) صحيح (الألباني) حكم :
Reference : Sunan Abi Dawud 1529
In-book reference : Book 8, Hadith 114
English translation : Book 8, Hadith 1524
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
https://hadithanswers.com/reward-for-reciting-raditu-billahi-rabba/
رضيت بالله ربا وبالاسلام دينا
وبمحمد صلى الله عليه وسلم نبيا ورسولا
Read more https://www.islamiclyrics.net/maher-zain/radhitu-billahi-rabba-arabic/