ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީކުރުމަށާއި، އިޖުރައަތްތައް ފުރިހަމަކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީކުރުމަށާއި، އިޖުރައަތްތައް ފުރިހަމަކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ގާއިމުކުރުމާއި ގުޅިގެން ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީކުރުމަށާއި، މި ސެންޓަރުތަކުގައި ޚިދުމަތް ދިނުމުގެ އިޖުރައަތްތައް ފުރިހަމަކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅައި އެއްގޮތަށް މުޅި ދިވެހިރާއްޖެއަށް ކީރިތި ޤުރުއާން ކިޔަވއިދިނުމާއި، ޙިފްޡްކޮށްދިނުމުގެ ޕްރޮގްރާމް ފުޅާދާއިރާއެއްގައި ހިންގުމަށް ކުރަމުންދާ މަސައްކަތެކެވެ.

މިފަދަ ސެންޓަރުތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިިނުމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާ އިން ދަނީ އެ މަރުކަޒާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން