ފޭރާންލުމާއި ދެންވެސް ކުރާ ޢަމަލުތައް ﷲ ތަޢާލާ އަންގަވާފައިވާ އިންތަކަށް އަވަހަށް ފައްތާމާ! ނޫންނަމަ މެދުވެރިވެދާނެ ނިކަމެތި ޙާލަތަށް ބިރުވެތިވޭ!: މުފްތީ މެންކް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފޭރާންލުމާއި ދެންވެސް ކުރާ ޢަމަލުތައް ﷲ ތަޢާލާ އަންގަވާފައިވާ އިންތަކަށް އަވަހަށް ފައްތާމާ! ނޫންނަމަ މެދުވެރިވެދާނެ ނިކަމެތި ޙާލަތަށް ބިރުވެތިވޭ!: މުފްތީ މެންކް

އިސްލާމް ދީނުގައިވާމަގުން ފޭރާންލައި ނިވާވެގެން ނުތިބޭ އަންހެނުންގެ ކިބައިން ފެންނަ ކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ އެމީހުން ލަދުގަންނަން ޖެހޭފަދަ މީހަކު ފެނުމުން ހެދުމަށް ނުވަތަ ސްކާޓަށް ދަމައި ދިގުކުރަން މަސައްކަތްކުރުމެވެ. 

ލޮބުވެތި އުޚުތުންނޭވެ! ވިސްނައިލާށެވެ! ޤިޔާމަތް ދުވަހެވެ. ތިބާއަކީވެސް މުސްލިމަކަށްވީތީ މުސްލިމުންނާއިއެކު ހުރެވިދާނެއެވެ. އިތުރު އެކަލޭގެފާނަށް ދެއްވަވާފައިވާ ކައުޘަރު އާރުން އިތުރުއެކަލޭގެފާނުގެ އަތްޕުޅުން ފެންފޮދެއް ލިބޭތޯ ތިބާވެސް ދަނީއެވެ. ތިބާއަށް ނަބީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނުނީއެވެ. ދެން ތިބާ ލައިއުޅޭ ތިއަ ކުރު ހެދުމުގައި ހުރިނަމަ ހެދުމަށް ދަމާނީ ހެއްޔެވެ؟ ދެމިއްޔާ ދިގުވާނެ ހެއްޔެވެ؟ 

މިހެން ބުނީމާ އެދުވަހަކީ އެއްވެސް މީހަކު ފޭރާންލައިގެން ތިބޭނެ ދުވަހެއް ނޫންކަމަށް ބުނެފާނެއެވެ. ބަލަ ދުނިޔޭގައި ތިބާ ލައިއުޅުނު ފޭރާން ﷲ ތަޢާލާއަށް ފެނިވޮޑި ނުގަންނަވަނީ ހެއްޔެވެ؟ 

ލޮބުވެތި އުޚުތުންނޭވެ! މިއަދު ތިބާ ތިއަކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. މިހާރު ލައިގެން ތިތިބަ ފޭރާން މިވަގުތުވެސް ދެކެވޮޑިގެންވެއެވެ. އަވަހަށް ކިޔަމަންތެރިވެލާށެވެ. ފޭރާންލުމާއި ދެންވެސް ކުރާ ޢަމަލުތައް ﷲ ތަޢާލާ އަންގަވާފައިވާ އިންތަކަށް އަވަހަށް ފައްތާށެވެ. ނޫންނަމަ މެދުވެރިވެދާނެ ނިކަމެތި ޙާލަތަށް ބިރުވެތިވާށެވެ!

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން