މި ދުޢާ ތިބާގެ ހިތް ސާފުކޮށް ބެހެއްޓުމަށް އެހީތެރިވާނެ! އިން ޝާ ﷲ: ޑރ. ހައިފާ ޔޫނިސް

ކިޔުމަށް ހޭދަވާނީ 3މ 26ސ
މި ދުޢާ ތިބާގެ ހިތް ސާފުކޮށް ބެހެއްޓުމަށް އެހީތެރިވާނެ! އިން ޝާ ﷲ: ޑރ. ހައިފާ ޔޫނިސް

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑަށް މި ތަޖުރިބާ އިނގިރޭސިވިލާތުން ލިބުނެވެ. އަނިޔާވެރިކަން ތަކުރާރުކޮށް ލިބެމުންދާއިރު، ހިތުގެ ސާފުކަން ދެމެހެއްޓުމަކީ ކިހާ ގޮންޖެހުންތަކެއް ހުރި ކަމެއްކަމެވެ. އަޅުގަނޑަށް މާތްﷲ އަޅުގަނޑުމެން އިމްތިޙާނު ކުރައްވާކަން އެނގެއެވެ. ނަމަވެސް ބައެއްފަހަރު މި ދަތިކަން ވަރަށް ބޮޑުވެގެންދެއެވެ. 

ތިބާއަކީ 14 އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރުގެ މީހެއްނަމަ، ޙަޤީޤަތަކީ އެފަދަ ބައެއް ކަންކަން  ތަޖުރިބާކޮށްފައިވާނެއެވެ. ތިބާއަށް އެކަށީގެންވާވަރަށް ހިތްދަތިކަން ލިބިފައިވާނެއެވެ. ހަމަކަށަވަރުން، އެކަށީގެންވާވަރަށް މީހުން ތިބާއަށް އަނިޔާކޮށްފައިވާނެއެވެ. 

އަޅުގަނޑު ވިސްނައިލީމެވެ! "އަޅުގަނޑު މިފަދަ މީސްތަކުންނާމެދު ކިހިނެއް ދެކެންވީ؟" މިއީ ދިރިއުޅުމުގެ ޙަޤީޤަތެކެވެ. މިއީ މި ދުނިޔެއަކީ އުފާވެރިކަމުގެ ތަނެއް ނޫންކަމާއި، އަބަދަށް ދެމިއޮންނަ ތަނެއްވެސް ނޫންކަމުގެ ހެއްކެވެ. މިއީ ހަމައެކަނި ވަގުތީ މަންޒިލެކެވެ. 

ނަމަވެސް ސުވާލަކީ: ކިހިނެއްތޯ އަޅުގަނޑުގެ ހިތް ސާފުކޮށް ބެހެއްޓޭނީ؟ މިއީ ވަރަށް މުހިންމު ސުވާލެކެވެ. މި ދުޢާ ހިތުދަސްކުރައްވާށެވެ، މިއީ ޤުރުއާނުގައިވާ ދުޢާއެކެވެ.

މީހަކު ތިބާއަށް ބޮޑަށް އަނިޔާކުރާއިރު، ޚާއްޞަކޮށް އެމީހުންނަކީ ތިބާގެ ޢާއިލާގެ މެންބަރުންކަމުގައިވާނަމަ - ސުބުޙާނަﷲ - ބައެއްފަހަރު މައިންބަފައިން، ބައެއްފަހަރު އެއްބަނޑުއެއްބަފާ މީހުން، މިފަދަ "ދޫކޮށްނުލެވޭނެ ގުޅުންތައް" އަޅުގަނޑުމެންނަށް ހުރެއެވެ. 

އަޅުގަނޑަކަށް އެފަދަ ގުޅުންތައް ކަނޑާލެވޭކަށް ނެތެވެ. އެކަން އެހެންކުރުމުން އަޅުގަނޑު ޖަންނަތަށް ނުދާނެއެވެ. އަޅުގަނޑަށް އަޅުގަނޑުގެ އުޚުތާއާ ގުޅުން ކަނޑާލެވޭކަށް ނެތެވެ. ނަމަވެސް ކޮންމެފަހަރަކު އޭނާ ދެކޭއިރު - މިއީ ހަމައެކަނި މިސާލެކެވެ. މާތްﷲ އަޅުގަނޑުގެ އުޚުތުން ސަލާމަތްކުރައްވާށިއެވެ. ނަމަވެސް ޢާންމުކޮށް، އަޅުގަނޑުމެންގެ ޢާއިލާގެ މެންބަރުންނާ ދިމާވާ ހާލަތްތަކުގައެވެ. 

މައިންބަފައިންނާ ބެހޭގޮތުން، އަޅުގަނޑަށް އެތައް ވާހަކަތަކެއް އިވިފައިވެއެވެ. އަޅުގަނޑު ހިތަށްއަރައެވެ. "ޔާ ﷲ، މިއަޅާގެ މައިންބަފައިންގެ ހިތުގައި ހުރީ ކޮންކަހަލަ އެއްޗެއްތޯ؟" 

މި ދުޢާ ކުރައްވާށެވެ، މިއީ ސޫރަތުލް ޙަޝްރުގެ 10 ވަނަ އާޔަތުގައިވާ ދުޢާއެކެވެ:

رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ 

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ." 

މިއީ އަޅުގަނޑުމެންގެ ހިތްތައް ސާފުކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދުޢާތަކުގެ ތެރެއިން ދުއާއެކެވެ. ހިތުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން ބޮޑުވާނަމަ، އެއީ އަޅުގަނޑުމެންގެ ރޫޙާނީ ދިރިއުޅުމަށް ލިބޭ ބޮޑު ގެއްލުމެކެވެ. 

އަޅުގަނޑުމެންނަށް އަނިޔާކުރާ މީހުންނާމެދު ހިތުގައި ނަފްރަތު ބަހައްޓައިފިނަމަ، އެންމެ ބޮޑަށް ގެއްލުން ވަނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށެވެ. ނަފްރަތަކީ ބަރުދާސްތެކެވެ. އެއީ އަޅުގަނޑުމެން އުފުލަމުންދާ ބުރަ ބަރުދާސްތަކެވެ. 

މިއަދު އޮންލައިން