އަޅުކަން ކުރުމުގަ ވާދަކުރަން ބަލަންވީ މިހާރު މިތިބަ މީހުންނަކަށް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަޅުކަން ކުރުމުގަ ވާދަކުރަން ބަލަންވީ މިހާރު މިތިބަ މީހުންނަކަށް ނޫން!

ފުރަތަމަވެސް ވިސްނައިލާށެވެ! މިހާރު ދުނިޔޭގައި މިތިބަ މުސްލިމުންނަށް ބަލާއިރު ފަތިސްނަމާދުކުރަނީ މަދުމީހެކެވެ. ރޭއަޅުކަންކުރަނީ އަދި މާމަދު ބައެކެވެ. އެހެންކަންކަން ދުރުގައި ބާއްވާފައި ހަމައެކަނި މިދެ އަޅުކަމަށް ބެލިނަމަވެސް  މިހާރު މިތިބަ މީހުންނަށް ބަލައިގެން އަޅުކަންކުރުމުގައި ޢަމަލުކުރަންވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ދަރަޖަ ވިސްނޭނެއެވެ.  

އެހެންކަމުން ހަނދުމަކޮށްލައި މިދެނީ ﷲ ތަޢާލާގެ ޙަޟްރަތުން ކުރި ހޯދަން ބޭނުންނަމަ ދަސްކޮށް ޢަމަލުކުރަން އޮތް ގޮތެވެ.  

ހެޔޮ ޢަމަލުކުރުމުގައި ވާދަކުރާ އިރު، ތިބާއާ އެއް ޒަމާނެއްގައި އުޅޭ މީހުންގެ ތެރެއިން ޢަމަލުގައި ތިބާއަށްވުރެ ފަހަތުގައި އުޅޭ މީހުންނަށް ނުބަލާށެވެ.  

ހެޔޮ ޢަމަލުކުރުމުގައި ވާދަކުރާ އިރު، ތިބާއާ އެއް ޒަމާނެއްގައި އުޅޭ މީހުންގެ ތެރެއިން ޢަމަލުގައި ތިބާއަށް ވުރެ ފަހަތުގައި އުޅޭ މީހުންނަށް ނުބަލާށެވެ. އަދި ނަބީބޭކަލުންނާއި ޞާލިޙުން އުޅުއްވި ގޮތް އަބަދުވެސް ދިރާސާކުރާށެވެ.  

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أُولَـٰئِكَ الَّذِينَ هَدَى اللَّـهُ فَبِهُدَاهُمُ اقْتَدِهْ﴾ [الأنعام ٩٠]

މާނައީ: "އެބޭކަލުންނީ، ﷲ ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ އެބޭކަލުންގެ ތެދުމަގަށް ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ." 

އަދި ޢިލްމުވެރިންނާއި އަޅުވެރިންނާއި ޝަރަފުވެރި ޒުހުދުވެރި ބޭކަލުންގެ ސިޔަރަތު ކިޔާށެވެ. އޭގެ ސަބަބުން ތިބާގެ އީމާންތެރިކަން ތާޒާވާނެކަމަށް އުންމީދުކުރެވެއެވެ. 

[خطوات إلى السعادة لد. عبدالمحسن القاسم (ص: 26)] 

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

 

 

މިއަދު އޮންލައިން