އުރީދޫ މޯލްޑިވްސް އިން 80% 5ޖީ ކަވަރޭޖާއެކު ރާއްޖޭގެ ޓެކްނޮލޮޖީގެ އުހުގައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އުރީދޫ މޯލްޑިވްސް އިން 80% 5ޖީ ކަވަރޭޖާއެކު ރާއްޖޭގެ ޓެކްނޮލޮޖީގެ އުހުގައި

ރާއްޖޭގެ 80 އިންސައްތަ ހިއްސާކުރާ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

80% ކަވަރުކުރެވިފައިވާ އުރީދޫ 5ޖީ ނެޓުވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފުޅާ 5ޖީ ނެޓުވޯކެވެ. މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ..5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބިގެންދާނެއެވެ. ހައި-ޑެފިނިޝަން ސްޓްރީމިން އަދި އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލަރނިންގް، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް ފޯރުކޮށްދޭ އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް މިނިވަންކަމާއެކު ގުޅެވޭނެ އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، ގޭބިސީތަކާއި ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެއެވެ. މިއީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކަށް ބެނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެވެ..މިއީ އުރީދޫ މޯލްޑިވްސްއިން ނެކްސްޓް ޖެނެރޭޝަން އިންފްރާސްޓްރަކްޗަރ އަށް ކުރަމުންދާ އިންވެސްޓްމަންޓާއި މުސްތަގުބަލަށް ތައްޔާރު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރު ރަމްޒުކޮށްދޭ ލަނޑުދަނޑިއެކެވެ. އުރީދޫގެ މި ނެޓްވޯކް އިތުރަށް ފުޅާވަމުން ދާއިރު، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށެވެ. 

މިއަދު އޮންލައިން