އިސްލާމް ދީނުގެ ކޮންމެކަމަކީވެސް އެނގެންޖެހޭ ކަމެކެވެ. އެއިގެ ތެރޭގައި ކޮންމެހެން އެނގެންޖެހޭ އެތައް ކަމެއް ވެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި މުސްލިމް އަޚާއަށްޓކައި އަދާކުރަންޖެހޭ 6 ޙައްޤު ހިމނެއެވެ.
ހިތާމައަކީ މިއަދު މުސްލިމުންގެ ގިނަ ބައަކަށް މިކަންކަން ނުވެސް އެނގޭ ކަމެވެ. އެހެންކަމުން ހަނދާން އައުކޮށްލަމާ ހިނގާށެވެ.
ކައުއިތުރު ރަސޫލާ މުޙައްމަދު ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް 6 އެކެވެ." އެ ކަންކަމަކީ ކޮބައިތޯ ޞަޙާބީން ސުވާލުކުރެއްވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.
"އެއީ ތިމާގެ މުސްލިމް އަޚާއާއި ބަދަލުވެއްޖެނަމަ ސަލާމްކުރުމާއި މުސްލިމް އަޚަކު ދަޢުވަތެއް ދިފިނަމަ އެ ދަޢްވަތު ޤަބޫލުކުރުމާއި ތިބާގެ މުސްލިމް އަޚަކު ތިބާގެ ފަރާތުން ނަޞޭޙަތަކަށް އެދިއްޖެނަމަ އޭނާއަށް ނަޞޭޙަތް ދިނުމާއި ތިމާގެ އަޚަކު ކިނބިހި އަޅާފަ އަލްހަމްދުލިﷲ ކިޔައިފިނަމަ ޔަރްޙަމްކަﷲ ކިޔައި ޖަވާބު ދިނުމާއި ތިމާގެ މުސްލިމް އަކަކު ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި ތިމާގެ މުސްލިމް އަޚަކު މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ."
ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތިމާ އަދާކުރަންޖެހޭ ޙައްޤެއް އަދާކުރިނަމަ އެކަންވެސް ލައްވަވަނީ މަތިވެރި އަޅުކަމެއްގެ ގޮތުގައެވެ. އެމީހަކު އެކަންކުރިވަރަކުން އެކަމަށް ޘަވާބު ދެއްވަވަތެވެ. ހީވާގިވެލަމާ ހިނގާށެވެ.
މި 6 ޙައްޤުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކަށް ބެލިނަމަވެސް އެކަންކަމަކީ މީސްތަކުންގެ މެދުގައި ގުޅުން ބަދިހެ ލޯބި އިތުރުކުރެވޭނެ ކަންކަންވެސް މެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން