ދިފާޢުކުރަން ޖިހާދުކުރަންވީ އިސްލާމް ދީނާއި ކީރިތި ޤުރްއާނެވެ. އަދި ރަސޫލް ﷺ ގެ ސުންނަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދިފާޢުކުރަން ޖިހާދުކުރަންވީ އިސްލާމް ދީނާއި ކީރިތި ޤުރްއާނެވެ. އަދި ރަސޫލް ﷺ ގެ ސުންނަތެވެ!

ބައެއް މީހުން ބުނާއަޑުއިވެއެވެ. "ޞަހާބީންނަށް އެހައި މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީ ރަސޫލް ޞއްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެބޭކަލުން ދިރިއުޅއްވެވީތީއެވެ. އަހަރެމެންނަކަށް އެފުރުޞަތެއް ނެތެވެ."  

މިއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަރެމެންނަށްވެސް އެ ފުރުޞަތު ހަމަ އެބައޮތެވެ. އެވާހަކައިގެ ކުރިން ފެށުމެއްގެ ގޮތުން މިވާހަކަކޮޅު އަޑުއަހައިލާށެވެ.  

އުހުދު ހަނގުރާމައިގެ ދުވަހު ރަސޫލް () އަށް އަމާޒުކޮށް މުޝްރިކުން ދެމުން ގެންދިއަ ޙަމަލާތަކުން ރަސޫލް () ދިފާޢުކުރައްވަން ޠޮލްހަތުގެފާނުގެ އަތްޕުޅުގައި ހަތިޔާރެއް، އައްޑަނަކޮޅެއް ނެތުމުން ދިއްކުރައްވަވަމުން ގެންދެވީ އަމިއްލަފުޅު މޭފުޅެވެ.  

ނަތީޖާއަކަށްވީ ހަނގުރާމަ ނިމިގެން ބެއްލެވި އިރު ޠޮލްޙަތުގެފާނުގެ ހަށިކޮޅަށް 70 އަށްވުރެ ގިނަ ތީރުތައް އަރާފައިވުމެވެ. ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ އެ ތީރުތަކާއިއެކުގައެވެ.  

އެނގިގެން މިދަނީ ޞަޙާބީން ރަސޫލް () އަށް ލޯބި ކުރެއްވެވި މިންވަރެވެ. ދައްކަވައި ދެއްވެވީ އެބޭކަލުންގެ އަމިއްލަ ހަށިކޮޅުތަކަށްވުރެ ރަސޫލް () ގެ މައްޗަށް ލޯބިފުޅު ކުރެއްވެވި ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރެއްވެވި ކަމެވެ.  

އާނއެކެވެ! މިއަދަކު ރަސޫލް ދުނިޔެއަކު ނެތެވެ. ވީމާ ދުނިދަނޑިއާއި ތީރަކުން އިތުރު އެކަލޭގެފާނަކަށް ޙަމަލާއެއް ނުދެވޭނެއެވެ. ނަމަވެސް މިއަދު ދެ ޙަމަލާތައް މާގިނައެވެ. ާނުރައްކައުތެރިއެވެ. ތަފާތީ ޙަމަލާދޭ ގޮތެވެ!   

މީސްތަކުންނޭވެ! މިއަދު ޙަމަލާދެނީ ރަސޫލް ގެނެސްދެއްވެވި ދީނަށެވެ. ނުވަތަ ރަސޫލް މެދުވެރިކުރައްވަވައި ﷲ ތަޢާލާ އަހަރެމެންނަށް ބާވައިލެއްވެވި ދީނަށެވެ. މިއަދު ނެތިކޮށްލަން މަސައްކަތް ކުރަމުން އެގެންދަނީ ރަސޫލް ގެ ހަށިކޮޅެއް ނޫނެވެ. އިސްލާމް ދީނެވެ.  

ވީމާ މިއަދު އަހަރެމެން ދިފާޢުކުރަން ޖިހާދުކުރަންވީ އިސްލާމް ދީނެވެ. ކީރިތި ޤުރްއާނެވެ. ރަސޫލް ގެ ސުންނަތެވެ. އަހުރެންގެ ނަޒަރުގައި ޞަޙާބީންވެސް ޖިހާދުކުރެއްވެވީ ހަމައެކަމަށެވެ. ވީމާ އަހުރެމެންނަށް ވެސް ހަމަ އެޖިހާދުކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖަ އުފުއްލަން މަސައްކަތްކުރުމުގެ ފުރުޞަތު އެބައޮތެވެ. އެއިރުން އަހަރެމެންގެ ދަރަޖަވެސް ހަމަ އުފުއްލަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން