ކޮންމެ މީހަކުވެސް އެމީހާގެ އަހުލުވެރިންނަށް ނަމާދުކުރަން އަމުރުކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ މީހަކުވެސް އެމީހާގެ އަހުލުވެރިންނަށް ނަމާދުކުރަން އަމުރުކުރަންޖެހޭނެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤް ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤް ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރިންނަށެވެ." (ޠާހާ: 132) . 

ވަޒީފާ ހޯދަނީ ކީއްކުރަންހެއްޔެވެ؟ ތަނަވަސްކަން ހޯދަން ނޫންހެއްޔެވެ؟ ތަނަވަސްކަން ހޯދަނީ ކީއްކުރަންހެއްޔެވެ؟ ރިޒުޤް ހޯދަން ނޫން ހެއްޔެވެ؟ ވީމާ ކުރަންވީ ކަންތައް އެއޮތީ ފެންނާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން ނަމާދުކުރަންވީއެވެ. ޢާއިލާގެ މީހުންލައްވައި، އަނބިދަރިން ލައްވައި ނަމާދުކުރުވަންވީއެވެ. 

މިއާޔަތުން އެނގެންދާ ދެވަނަ ކަމަކީ ކޮންމެ މީހަކުވެސް އެމީހާގެ އަހުލުވެރިންނަށް ނަމާދުކުރަން އަމުރުކުރަންޖެހޭނެކަމެވެ. އެމީހުން ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަންޖެހޭނެކަމެވެ. ނަމާދުކުރުމަކީ ރިޒުޤް ދެއްވަވާނެ ކަމެއް ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާ އެކަނި ނަމާދުކުރުމަކުން އަދި ނުފުދެއެވެ. ޤިޔާމަތް ދުވަހު ސުވަރުގެއިން ބައްދަލުވުމުގެ އުންމީދުކުރުމުގެ އިތުރުން ދުނިޔެއިން ތިމާ އެދޭކަންކަން ޙާޞިލުވުން އެދިގެންވެސް، ބޭނުންތައް ފުއްދަވައި ދެއްވެވުން އެދިގެންވެސް އޮތީ ނަމާދުކުރުމެވެ. ތިމާ ދުނިޔެއާ އާޚިރަތުން އެދޭ ހުރިހާ ކަންކަން ގުޅިފައިވަނީ ނަމާދުކުރުމާއިކަން ޤުރްއާނުގެ އެތައް އާޔަތަކުން އެނގެން އެބައޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން