ކިތަންމެ ގާތް މީހެއްގެ ކިބައިން ނަމަވެސް ނުބައި ސިފައެއް ފެނިއްޖެނަމަ އިޞްލާޙްކުރެވޭނީ މިގޮތަށް މަސައްކަތްކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކިތަންމެ ގާތް މީހެއްގެ ކިބައިން ނަމަވެސް ނުބައި ސިފައެއް ފެނިއްޖެނަމަ އިޞްލާޙްކުރެވޭނީ މިގޮތަށް މަސައްކަތްކޮށްގެން!

އެއީ ކޮންމެ މީހަކު ކަމުގައިވީނަމަވެސް އެހެން މީހުންނާއިމެދު ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެއީ އަމިއްލަ ޢާއިލާގެ މީހަކު ނަމަވެސް އަދި ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް މިކަންކަމަށް ވިސްނަންވާނެއެވެ. 

ފުރަތަމަ ކަމަކީ ތިބާއެދޭ ގޮތަށް ބަދަލުވުމުގެ ވިސްނުން ނެތް މީހަކު ބަދަލުނުވާނެކަމެވެ. ތިބާއަށް އޭނާ ހެއްވާލެވިދާނެއެވެ. އެކުގައި މަޖާ ވާހަކަދެއްކިދާނެއެވެ. އެކުގައި ކައިބޮއިވެސް ހެދިދާނެއެވެ. ނަމަވެސް އޭނާ ބަދަލުވާން ނުއެދޭ ކަމެއްގައި އޭނާ ބަދަލެއް ނުކުރެވޭނެއެވެ. 

ވީމާ މީހެއްގެ ކިބައިން ބަދަލުކުރަންޖެހޭ ސިފައެއް ފާހަގަކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށް އޭނާ އެކަން ބަދަލުކުރަންހުރިކަން ނުވަތަ ނޫންކަން ބަލާށެވެ. އެއީ އަޚްލާޤާއި އަދި ދީނާއި ގުޅުންހުރި ސިފައެއް ނަމަ ނަޞޭޙަތްދޭށެވެ. ޤަބޫލު ނުކުރިނަމަ މަޖުބޫރު ނުކުރާށެވެ. ހަމައެއާއިއެކު އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ. 

މުސްލިމުންނަކީ އެހެން މީހުންގެ ކިބައިން ފެންނަ ނޭދެވޭ ސިފަތައް ބަދަލުކުރަން މަސައްކަތްކުރާ ބައަކަށްވާންޖެހޭނެއެވެ. ނަމަވެސް ކުރިންވެސް މިބުނި ފަދައިން ގަދަކަމަކުން ނުވަތަ މަޖުބޫރުކުރުވައިގެން މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެއިގެ ބަދަލުގައި ނަމޫނާ ދެއްކުމަކީ އެކަމަށް މަގުފަހިވާ ސަބަބެކެވެ. 

ވަރަށް ޢާދައިގެ ނުވަތަ ވަރަށް ގިނައިން ފެންނަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. މިހާރަކަށް އައިސް ގިނަ ބައަކއެމީހުންގެ މުސްލިމް އަޚުންނާއި ބައްދަލުވުމުން އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވުމުގެ ބަދަލުގައި ބުނެއުޅެނީ ކޮންމެވެސް އެހެން ބަހެކެވެ. އެފަދަ ބަހެއް ބުނިކަމުގައިވެސް ރައްދުގައި އެގޮތަށް ބަސްނުބުނެ އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްގޮވާށެވެ. އެއިރުން އޭނާވެސް އެގޮތަށް ސަލާމްގޮވަން ފަށާނެއެވެ. 

ދެވަނަ ކަމަކަށް ރުޅި އައުމުން ނުބައިބަސްބުނާ މީހުން އެފަދަ ބަސްތައް ބުނި ނަމަވެސް ރިވެތިބަހުން އެމީހަކާއި މުޚާޠަބްކުރާށެވެ. އެމީހެއްގެ ކިބައިގައި ކިރިޔާވެސް ރިވެތި އަޚްލާޤެއް ހުރިނަމަ ބަސްމަގު އިޞްލާޙްކުރާނެއެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން