ބަންގްލަދޭޝްއިން ނިންމުން އަނބުރާ ގެންދިޔުމުން، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ: ޚާރިޖީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ބަންގްލަދޭޝްއިން ނިންމުން އަނބުރާ ގެންދިޔުމުން، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ: ޚާރިޖީ ވުޒާރާ

ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ކުރިން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ކުރިން ނިންމާފައި އޮތީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށެވެ. ނަމަވެސް، އެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން އެ ނިންމުން އަނބުރާ ގެންދެވުމާ ގުޅިގެން، އެ ގައުމަށް ދަތުރުކުރައްވާ ދިވެހި ރައްޔިތުންނަށް ކުރިއެކޭވެސް އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި އޮން-އެރައިވަލް ވިސާ ލިބެމުންދާނެ ކަމަށެވެ.

މި ނިންމުމާއެކު، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނަށާއި އެކި ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާގެ ކަންކަމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން