ޤިޔާމަތް ދުވަހު މީސްތަކުންނާއި ނަރަކަ ކައިރި ކުރެއްވެވިގެން އަންނަ ވަގުތު ނަރަކައިގެ އަލިފާން އެމީހަކަށް ބަލާލައިފިނަމަ އެމީހަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހެކެވެ. ނަރަކައަށް ބަލަން ކެރޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެންމެން ތިބޭނީ އިސްދަށަށް ޖަހައިގެންނެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީކުރެވެނީ ހެޔޮ ޢަމަލެއް ކޮށްލެވުމުން ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެވުނީހެންނެވެ. ނަރަކައިން މިންޖުވެވުނީހެންނެވެ. ހަމހިލާ އެހެންނަކުން ނުވާނެއެވެ.
ﷲ ތައާލާ މީސްތަކުންނަށް ވަޙީ ކުރައްވަވާނެތެވެ. "ތިމަން ﷲ ގެ މަގަށް އުރެދުނު މީހުން ނަރަކައަށް ލައްވަވާނެ ކަމަށް ތިމަން ﷲ ވަޙީ ނުކުރައްވަވަމުހެއްޔެވެ؟ އެ ނަރަކަ ތިހިރީއެވެ!"
ރަސޫލް (ﷺ) ޢުމަރުގެފާނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ.
"70 ރަސޫލު ބޭކަލުން ކުރެއްވެވި ވަރަށް އަޅުކަން ކުރެއްވެވި ނަމަވެސް ނަރަކަ ފެނުމުން ބިރުން ތުރުތުރުއަޅައިގެންދާނެ" އެވެ.
މިއަދު މީސްތަކުންނަށް ބިރުވެތި ނުވެވިގެން ތިއަ އުޅެނީ މިފަދައިން ރަސޫލް (ﷺ) އިންޒާރު ދެއްވަވައި ޙަދީޘްފުޅު ކުރެއްވެވި ނަރަކައަށް ހެއްޔެވެ؟
- ޑރ. އަޙްމަދު ޞިދްޤީގެ ދަރުސަކުން