ތަނަވަސްކަންހުރެ ﷲ ގެ މަގުގަ ހޭދަނުކުރާ މީހުންނަށް އޮތް އިންޒާރުގެ އާޔަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ތަނަވަސްކަންހުރެ ﷲ ގެ މަގުގަ ހޭދަނުކުރާ މީހުންނަށް އޮތް އިންޒާރުގެ އާޔަތް!

ނިކަމެތި ޙާލުގައި ހުރި މީހަކު ކަމަކު އެދިގެން ހިނގައްޖެނަމަ ތަނަވަސްކަން ހުރެ ފުރަގަސްދިނުމަކީ ކިހާބޮޑު ނުރައްކަލެއްކަމާއިމެދު ނުވިސްނާ މީހުން ދަންނާށެވެ. 

ފުރަތަމަ ބަލަންވީ މިކަމަށް އޮތް ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. 

"އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. ﷲގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ ފަރާތުންނެވެ. ﷲއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ."

(މުޙައްމަދު: 38) 

"-- އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ." 

މިއީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. ހަމަޤައިމުވެސް އަހުރެން ނެތިކުރައްވަވައި އަހުރެންގެ ބަދަލުގައި އެހެން މީހަކު ފޮނުއްވެވުމަށް އަހުރެން ނުއެދުމެވެ. އެފަދަ ގޮތެއް މިންވަރު ނުކުރެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްވެސް ދަންނަވަމެވެ. 

މީސްތަކުންނޭވެ! މިއާޔަތުގައި އެވަނީ: ""އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. ﷲގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ ފަރާތުންނެވެ. ﷲއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިޔަބައިމީހުންނެވެ.---" މިފަދައިންނެވެ. 

މިއީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށް އަންގަވާފައި އޮތް ބަސްފުޅެކެވެ. އެވަނީ ހޭދަނުކުރުމުން ނިކަމެތިކަން ލިބޭނީ އެމީހަކަށް ކަމަށާއި އެއްވެސް ނިކަމެތިކަމެއް ﷲ ތަޢާލާއަށް ލިބިވޮޑިނުގަންނަވާނެ ކަމެވެ.

އަހުރެން މިބަސްފުޅު މާނަކުރަނީ ހަމައެކަނި ހޭދަކުރުމަކަށް ނޫނެވެ. ﷲ ތަޢާލާ އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމަކަށެވެ. ނުކުރާނަމަ މިޢާޔަތުގައިވާ ފަދައިން މިންވަރުކުރައްވަވައިފާނެ ކަމަށްތަކައެވެ. ބިރުވެތިވަނީ އެކަމަށެވެ. ތިއަބައިމީހުން ބިރެއް ނުގަނޭހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން